- Advertisement -ad image

މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ޝަކުވާ ލިބުން މަދުވީ ސިޓީ ކައުންސިލްގެ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން: މޭޔަރު

ad image

ގުޅުންހުރި ލިޔުންތައް

މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ޝަކުވާ ލިބުން މަދުވީ މާލެ ސިޓީ ކައުންސިލްގެ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މޭޔަރު މިހެން ވިދާޅުވީ، މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރާ ކަމުގެ ޝަކުވާތައް ކޮވިޑަށްފަހު ލިބިފައި ނުވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވުމާއި ގުޅިގެންނެވެ.
މޭޔަރު ވިދާޅުވީ، މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކުރުމާއި ނިދާފައި ތިބުމުގެ މައްސަލަތައް މަފުވެފައިވަނީ ސިޓީ ކައުންސިލުން ހުރިހާ މިސްކިތެއްގައި ސީސީޓީވީ ހަރުކޮށް ސައުވީސް ގަޑިއިރު މޮނީޓަރ ކުރާތީ ކަމަށެވެ.

އަދި ސިޓީކައުންސިލްގެ ސީސީޓީވީ މޮނިޓަރިން އިން އަދި އެހެން ގޮތްގޮތުންވެސް މިފަދަ ރިޕޯޓެއް ލިބިއްޖެނަމަ ސިޓީކައުންސިލްގެ ޕޮލިސް ކޮންސްޓަބްލަރީގެ ފަރާތުން ވަގުތުން އެޓެންޑުވެ މައްސަލަ ހައްލު ކުރާތީ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ސުވާލު ކުރެއްވުމުން އިސްލާމިކް މިނިސްޓަރ ޑރ ޒާހިރު ވިދާޅުވީ ކޮވިޑްގެ ތެރޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުން މިސްކިތްތަކުގައި ނިދައި އަދި އެތަނުގައި މަސްތުވާތަކެތި ބޭނުން ކުރާ މައްސަލަތައް ވަރަށް ބޮޑަށް ފެންމަތިވެގެން ދިޔަކަމަށެވެ.
ނަމަވެސް މިހާރު، މިސްކިތް ތަކުގައި މަސްތުވާތަކެތި ބޭނުންކުރާ މައްސަލަތައް މިނިސްޓްރީއަށް ހުށަނޭޅޭ ކަމަށާ، މީހުން ނިދާ މައްސަލަތައްވެސް ހުށަހެޅެނީ ވަރަށް މަދުން ކަމަށެވެ. އެގޮތުން މީހުން ނިދާ ކަމަށް މައްސަލަ ހުށަހެޅެނީ މާލޭގައި ދެ ފަންގިފިލާ އަށް ހަދާފައި ހުންނަ މިސްކިތް ތަކުގައި ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ