- Advertisement -ad image

5 އަހަރާ 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިންދޭން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


އުމުރުން 5 އަހަރާއި 11 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން ދޭން ފަށާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ ކޮވިޑް19 އިން ރައްކާތެރިވުމަށް އުމުރުން 5 އަހަރާއި 11 އަހަރުގެ ކުދިންނަށް ދެވޭ ފައިޒަރ ވެކްސިން ރާއްޖެއަށް މިހާރު ލިބިފައިވާ ކަމަށެވެ. އަދި މި އުމުރުފުރާގެ ކުދިންނަށް ފައިޒަރ ވެކްސިން ދިނުމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕު އޮން އިމިއުނިޒޭޝަނުން ވަނީ ލަފާދީފައި ކަމަށްވެސް އެޗްޕީއޭއިން ހާމަކުރެއެވެ.

އެހެންކަމުން މިއަދުންފެށިގެން އުމުރުން 5 އަހަރާއި 11 އަހަރާއިދެމެދުގެ ކުދިންނަށް ފައިޒަރ ވެކްސިން ދިނުމަށް އެޗްޕީއޭއިންވަނީ ހުޅުވާލާފައެވެ. މާލޭގެ ވެކްސިން ސެންޓަރުތަކުގެ އިތުރުން އަތޮޅުތެރޭގެ ހޮސްޕިޓަލް އަދި ހެލްތް ސެންޓަރުތަކުންވެސް ފައިޒަރ ވެކްސިން ލިބޭނެ ކަމަށް އެޗްޕީއޭއިން ހާމަކުރެއެވެ.

މީގެ އިތުރުން އުމުރުން 12 އަހަރުން މަތީގެ އުމުރުފުރާގެކުދިންނަށް ވެސް ފައިޒަރ ވެކްސިން މިހާރު ލިބެން ހުންނާނެ ކަމަށާއި ވެކްސިން ޑޯޒް އަދި ބޫސްޓަރ ޑޯޒް ހަމަނުކުރާ ފަރާތްތަކުން އަވަހަށްވެކްސިން ޑޯޒްތައް ފުރިހަމަކުރަން އެޗްޕީއޭއިން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ