- Advertisement -ad image

ނުހައްގު މުއްސަނދިކަން ހޯދާފައިވާ ފަރާތްތަކެއްގެ މައްސަލަތަކެއް ބަލަނީ

ad image

ގުޅުންހުރި ލިޔުންތައް


ނުހައްގު މުއްސަނދިކަން ހޯދާފައިވާ ފަރާތްތަކެއްގެ މައްސަލަތަކެއް ބަލަމުންދާ ކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުالله ވިދާޅުވެއްޖެއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު ވިދާޅުވީ، މުހިންމު ފަރާތްތަކަކާއި އެފަރާތްތަކެއްގެ މުއްސަނދިކަމާއި ގުޅުންހުރި މުހިންމު ކަންކަމެއް ބެލެމުންދާ ކަމަށެވެ.
އަދި ސީދާ ޕްރޮސެކިއުޓު ކުރާ ހިސާބަށް އެއްވެސް މައްސަލައެއް ނުދާ ކަމަށާއި ނަމަވެސް ވަރަށް ތަރޯ ތަހުގީގުތަކެއް ބައެއް އެފަދަ ފަރާތްތަކާއި މެދު ހިންގަމުންދާ ކަމަށް އިމުރާނު ވިދާޅުވިއެވެ.
“ އަޅުގަނޑު އުއްމީދު ކުރަނީ އެގާނޫނު އިރާދަކުރެއްވިއްޔާ ތިބޭފުޅުން އެ ކޮށްދެއްވި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެ ހިސާބަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ފަހިވެފައިވާ ކަމަށް “ މަޖިލީހުގައި މިނިސްޓަރ ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ އިތުރަށް ވިދާޅުވީ މީގެ ބައެއް ފަރާތްތަކުގެ މައްޗަށް ދައުވާ ކުރުމަށް ލަސްތަކެއްނުވެ ޕްރޮސެކިއުޓަރ ޖެނެރަލްއަށް ފޮނުވޭނެ ކަމަށާއި އެކަން ހިނގަމުންދާ ކަމަށެވެ.

އިމުރާނު ވިދާޅުވީ މައްސަލަތަކުގެ ތަފުސީލު މަޖިލީހުގެ ކޮމިޓީގައި ހިއްސަަވެސް ކުރެވިދާނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ