- Advertisement -ad image

ސަޕޯޓަރުންގެ ވޯޓު ހޯދުމުގެ ބޭނުމުގައި ރައީސް ޔާމީނު ދިފާއުކުރާނަމަ ހިތާމަހުރި: ޓޮމް

ad image

ގުޅުންހުރި ލިޔުންތައް


ރައީސް ޔާމީގެ ދިފާއުގައި ކުއްލިއަކަށް ނާޒިމު ވާހަކަ ދައްކަވަން ފެށީ ސަޕޯޓަރުންގެ ވޯޓު ހޯދަން ކަމަށްވާނަމަ އެއީ ހިތާމަހުރި ކަމެއް ކަމަށް މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތާރިގު ވިދާޅުވެއްޖެއެވެ.
ޓޮމް މިހެން ވިދާޅުވީ ރައީސް ޔާމީނު ޖަލުގައި ބާއްވައިގެން ނުވާނެ ކަމަށް ވިދާޅުވެ އެމްއެންޕީގެ ލީޑަރު ނާޒިމު ވާހަކަފުޅު ދެއްކުމުން ކުރެއްވި ޓުވީޓެއްގައެވެ.
އެގޮތުން ޓޮމް ވިދާޅުވީ، ރައީސް ޔާމިން ކުރައްވަނީ ރާއްޖެ މިނިވަންކުރުމުގެ ޖިހާދެެއް ކަމަށެވެ.
ޓޮމްވިދާޅުވީ ނާޒިމު ހުރި ދިމާލެއް ރައްޔިތުންނަށް ސާފުވާނީ ރާއްޖެއިން އިންޑިއާ ސިފައިން ފައިބަން ގޮވާލުމުން ކަމަށެވެ.

ނާޒިމު ވިދާޅުވީ، މި އަހަރުގެ ރިޔާސީ އިންތިހާބަށް ޕީޕީއެމް ޕީއެންސީން ވާދަކުރައްވާ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި އޮންނަވާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ