- Advertisement -ad image

ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމަން ނެގި ލޯނުތައް މާފުކޮށްދޭން ގޮވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ހިޔާ ފްލެޓުތަކުގެ ފިނިޝިން ނިންމަން ނެގި ލޯނުތަ މާފުކޮށްދިނުމަށް އާންމުންގެ އެކުވެރި ގުޅުން ޖަމިއްޔާއިން ސަރުކާރަށް ގޮވާލައިފި އެވެ.
އެޖަމިއްޔާއިން މިކަމަށް ގޮވާލީ ރާއްޖޭގައި މަޝްރޫއުތައް ހިންގާ އިންޑިއާގެ ފަސް ކުންފުންޏަކަށް އިންކަމް ޓެކްސް ސަރުކާރުން މާފުކޮށްދިނުމުންނެވެ.
އެޖަމިއްޔާއިން ބުނީ ހިޔާ ފްލެޓުގެ ފިނިޝިން މަސައްކަތް ނިންމަން ޖެހުނީމަ އެކަން ނުކުރަން ސަރުކާރުން ވަރަށް ގިނަ ބަހަނާތައް ދެއްކި ކަމަށާއި އޭގެތެރެއިން އެންމެ ބޮޑު ކަމަކަށް ފާހަނގަ ކުރަމުން ދިޔައީ ފްލެޓުގެ ފިނިޝިން މަސައްކަތް ނިންމަން ދާނެ ހަރަދުގެ ވާހަކައާއި، ސަރުކާރުގެ އެފޯރުންތެރިކަން ނެތް ވާހަކަ ކަމަށެވެ.

“ އެ ސަބަބުތައް ދައްކައި އެންމެ ފަހުން ހިޔާ ފްލެޓުގެ ފިނިޝިން ނުނިންމައި އާންމުންނަށް ފްލެޓުގެ ހަތަރު ފާރުގަނޑު ބަހާލައި، ފިނިޝިންއާއެކު ނަގަން ކުރިން ކަނޑައެޅި 5،600 ރުފިޔާވެސް 7،500 އަށް ބޮޑު ކުރީ ދައުލަތް ނިކަމެތި ކަމުން ހަރަދު ބަރަދު ފޫބައްދަން “ އެޖަމިއްޔާއިން ބުނެފައިވެއެވެ.

ހިޔާ ފްލެޓުގެ ހުރިހާ އެންމެން ފިނިޝިން ނިންމަން ގެނި ހުރިހާ ލޯނުތައް އެއްކުރިޔަސް ދެންނެވުނު އިންޑިއާގެ 5 ކުންފުންޏަށް ޓެކްސް މާފު ދިން އަދަދާއި ގާތްވެސް ނުކުރާނެއެވެ

އަދި ބޭރުގެ އަމިއްލަ ކުންފުނިތަކަށް ބިލިއަނުން މަތީގެ އަދަދު ތަކުން ޓެކްސް މާފު ދެވޭހާ ސަރުކާރުގެ ފުދުންތެރިކަން ބޮޑުކަން ފެންނަން އޮތްއިރު، މިފަދަ މާފުތައް ދިނުމުގައި ދިވެހި ރައްޔިތުން އިސްކޮށް، އާންމު ނިކަމެތިން އިސްކޮށް، ހިޔާ ފްލެޓުގެ ފިނިޝިން ނިންމަން އާންމުން ނެގި ލޯނުގެ ލާރި މާފު ކޮށްދޭން އެ ޖަމިއްޔާއިން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
މީގެއިތުރުން ފްލެޓުގެ ކުއްޔަށް ވާ 8،500 ރުފިޔާ އޮންނަ ދުވަހަށް ނުލިބިގެން ދެއިރު ދެދަޅަޔަށް އާންމުން ފަހަތުން ދުވުން ނިމުމަކަށް ގެނެސް، އެކުލި އަދާ ނުކުރެވޭ ނިކަމެތިންނަށް ކުލި މާފު ކޮށްދިނުމަށްވެސް ގޮވާލާފައިވެއެވެ.

“ މިއަދު ގިނަ ފްލެޓުވެރިންގެ އާއިލާތަކަށް ލިބޭ އާމްދަނީގެ ބޮޑުބައި ހަރަދު ކުރަން ޖެހެނީ ފްލެޓުގެ ކުލި ދެއްކުމަށާއި، ތަން ނިންމަން ނެގި ލޯނު އަނބުރާ ދެއްކުމަށް “ އެޖަމިއްޔާއިން ބުނެފައިވެއެވެ.

އާއްމުންގެ އެކުވެރި ގުޅުމުން ބުނީ ފްލެޓްތައް ނިންމަން ނެގި ލޯނު ދައްކަން އާންމުން ގަނތެޅިތެޅި ތިއްބާ އިންޑިއާގެ ކުންފުނިތަކަށް 1 ބިލިއަން ދިވެހި ރުފިޔާއަށްވުރެ ބޮޑު އަދަދެއް މާފުކުރުން ބަލައެއް ނުގަނެވޭނެ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ