- Advertisement -ad image

މިހާރު ރައީސް ސާލިހުގެ ފަހަތަށް ނޭރި ބަޔަކު، ދުވަސްވާ ވަރަކަށް ޖެހޭނީ ފެޔަށް: ވައްޑެ

ad image

ގުޅުންހުރި ލިޔުންތައް


މިހާރު ރައީސްލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ ފަހަތަށް ނޭރި ބަޔަކު އިތުރު ދުވަސްވާ ވަރަކަށް އިތުރަށް ޖެހޭނީ ފެޔަށް ކަމަށް އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވިދާޅުވެއްޖެއެވެ.
ވައްޑެ މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކުރިން ޕާޓީތަކާއެކު ކޯލިޝަން ހެދުމަށް މަޝްވަރާތައް ކުރިއަށް ގެންދާތީ ކުރެއްވި ޓުވީޓެއްގައެވެ.
ވައްޑެ ވިދާޅުވީ، ކޯލިޝަނެއް އުފައްދަން އެހެންބަޔަކު އެއްބަސްކުރުވޭނީ، ފުރަތަމަ އަމިއްލަ ޕާޓީގެ އެތެރެ އެއްބައި ކުރުމުގެ އުރައްޕެއް ހުރެގެން ކަމަށެވެ.

ވައްޑެ މިގޮތަށް ވިދާޅުވެފައި މިވަނީ ރިޔާސީ ޓިކެޓް ރައީސް ސާލިހާ ހަވާލު ކުރި މައްސަލަ ގޯސްވެ އެމްޑީޕީ ދެ ފެކްޝަނުގެ ދެމެދުގައި ކޯޅުންތައް ހިނގަމުންދާތީ ކަމަށް ބެލެވެއެވެ. ވައްޑެ ތާއީދު ކުރައްވާ ރައީސް ނަޝީދުގެ ފެކްޝަނުން ވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ބާތިލް ކުރުމަށް ކޯޓަށްވެސް ހުށަހަޅާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ