- Advertisement -ad image

ވެކްސިން ހުސްނުވާ ކަމަށް މިނިސްޓްރީން ބުނުމުން ދިޔައިމަވެސް ވެކްސިން ނުޖެހުނު: ޑރ ނިޔާފު

ad image

ގުޅުންހުރި ލިޔުންތައް


ހައްޖާއި އުމުރާގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ދާމީހުން ޖަހަން ޖެހޭ މެނިންޖައިޓިސް ވެކްސިން މިހާރު ލިބޭނެ ކަމަށް ހެލްތް މިނިސްޓްރީން އެންގުމުން ދަމަނަވެއްޓަށް ދިޔައިމައިވެސް ވެކްސިން ނުޖެހުނުކަމަށް ކުޑަކުދިންގެ ޑޮކްޓަރު ޑރ.ޢަބްދުﷲ ނިޔާފް ވިދާޅުވެއްޖެއެވެ.
ޑރ ނިޔާފު މިގޮތަށް ޓުވީޓުކޮށްފައިވަނީ މެނިންޖައިޓިސް ވެކްސިން ހުސްވެ އުމްރާއަށް ދާ މީހުންނަށް ވެކްސިން ނުދެވިދާނެ ކަމުގެ ކަންބޮޑުވުން ސޯސަލްމީޑިއާގައި ބައެއް ފަރާތްތަކުން ފާޅު ކުރަމުން ދަނިކޮށް އަމިއްލައަށް ކުރެވުނު ތަޖުރިބާ ހިއްސާ ކުރައްވަމުންނެވެ.
ޑރ ނިޔާފު ވިދާޅުވީ ނޫހުގައި އޮތް އާރިޓިކަލްއެއް ފެނިގެން މިއަދުވެސް ވެކްސިން ޖަހަން ދަމަނަވެއްޓަށް ދިޔަ ކަމަށެވެ. ނަމަވެސް އެތަނުގެ މުވައްޒަފުން ބުނީ ނޫހުގައި އޮތަސް އަތުގައި ހުރި ނެތް އެއްޗެއް އިނގޭނީ މިތާ މީހުންނަށް ކަމަށް ބުނި ކަމަށެވެ.
އަދި އަންނަ ހަފުތާގައިވެސް ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށް ދަމަނަވެށީގެ މުވައްޒަފުންނާ ހަވާލާދީ ޑރ ނިޔާފު ވިދާޅުވިއެވެ.

ޑރ ނިޔާފު ވަނީ ވިސާއަށް އެދި ހުށަހަޅަން މި މަހުގެ 25 ވަނަ ދުވަހުގެ ކުރިން ޕާސްޕޯޓާއި ވެކްސިން ކާޑު ހުށަހަޅަން ޖެހޭކަން ފާހަގަކުރައްވާ ވެކްސިން ޖެހުމަށް ބާކީ އޮތީ ތިން ދުވަސްކަން ހަނދާންކޮށްދެއްވާފައެވެ.

މީގެ ކުރިން ޑރ ނިޔާފުގެ ޓުވީޓްތަކަށް ރައްދު ދެއްވާ ހެލްތް މިނިސްޓްރީގެ މީޑިއާ އޮފިސަރ އައިމިނަތު ސަފުތާ ވިދާޅުވީ ވެކްސިން ލިބޭނެކަމަށާއި މި ހަފްތާގެ ތެރޭގައި ވެކްސިން ސްޓޮކްތައް ލިބޭނެކަމުގެ ޔަގީންކަން އެސްޓީއޯއިން ދޭކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ