- Advertisement -ad image

ސްރީލަންކާގެ ކަރާޓޭ އެކްސްޕާޓް އަންޓޯ ޑިނޭޝް ރާއްޖޭގައި އައު ފޮތެއް ނެރެފި

ad image

ގުޅުންހުރި ލިޔުންތައް


“އާޓް އޮފް ކަރަޓޭ – ދަ ޕަތް ޓު ރިކޮގްނިޝަން” ގެ ނަމުގައި އާ ފޮތެއް ނެރެފިއެވެ. މި ފޮތް ރަސްމީކޮށް ނެރެފައިވަނީ މާލޭގައި ހުންނަ އެކަޑަމީ އޮފް ޑައިނަމިކް ކަރަޓޭ މާޝަލް އާޓްސް (އެސްކޭއޭއައި)ގެ ޑޯޖޯގައި ބޭއްވި ހަފުލާއެއްގައެވެ.
އެންޓޯ ޑިނޭޝް ލިޔެފައިވާ މި ފޮތުގައި ކަރާޓީގެ ފަންނާ، މި ފަންނު ދެނެގަތުމަށް އޮތް މަގާ ބެހޭގޮތުން އަލިއަޅުވާލައިފާވެއެވެ.
މިފޮތް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ ޑެޕިއުޓީ މިނިސްޓަރ މުހައްމަދު އަޒުމީލްއެވެ.
މީގެ އިތުރުން މިހަފުލާގައި ޗީފް ޓެކްނިކަލް ޑިރެކްޓަރ އެންޓޯ ދިނޭޝް، ޝިހާން ވަނީ ބްލެކް ބެލްޓް ޝޯދާން އިންޓަރނޭޝަނަލް ޑިޕްލޮމާ ސެޓްފިކެޓް ހާސިލް ކުރި ފަރާތްތަކަށް ސެޓްފިކެޓް ހަވާލުކޮށްފައެވެ.


އެންޓޯ ދިނޭޝް އަކީ ކަރަޓޭ އާއި މާޝަލް އާޓްސްގެ ދާއިރާއިން ވަރަށް އިހުތިރާމް ލިބިގެންވާ ފަރާތެކެވެ. އޭނާ އަކީ ރާއްޖޭގެ ކުޅިވަރު މިނިސްޓްރީގެ ނޭޝަނަލް ސެލެކްޝަން ކޮމިޓީގެ މެމްބަރެއްގެ އިތުރުން ގައުމީ ކަރަޓޭ ޓީމެއް ހޮވުމާއި، ގަބޫލުކުރެވޭ ބައިނަލްއަގްވާމީ ކަރަޓޭ ޗެމްޕިއަންޝިޕްތަކުގައި ރާއްޖެ ތަމުސީލުވެސް ކުރާ ފަރާތެކެވެ.
ދިނޭޝް އަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން (ބީބީއޭ) އަދި ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) އިން ބެޗްލަރސް ޑިގްރީ ހާސިލްކޮށްފައިވާ ގްރެޖުއޭޓެއްގެ އިތުރުން އެމެޒޯން ކޮލެޖުގެ ވިޒިޓިން ލެކްޗަރާއެއްގެ އިތުރުން ޖަޕާން ކަރަޓޭ ޑޯ ފެޑެރޭޝަން (ޖޭކޭއެފް) ނޭޝަނަލް ކަރަޓޭ ގަވަނިން ބޮޑީގެ މެމްބަރެކެވެ.
އޭނާ ވަނީ “މާޝަލް އާޓްސް ހީސްޓޯރިކަލް އެންޑް ޓެކްނިކަލް އެންޑް އާޓް އޮފް ކަރަޓޭ – ދަ ޕަތް ޓު ރިކޮގްނިޝަން” ކިޔާ ފޮތް ލިޔުއްވާފައެވެ.

އެކަޑަމީ އޮފް ޑައިނަމިކް ކަރަޓޭ މާޝަލް އާޓްސް (އޭޑީކޭއެމްއޭ) އުފެއްދީ 2020 ވަނަ އަހަރު ފިރުޝާން އަލީ، ޑރ.ހަސަން އަލީ، އަދި އަލްފާޟިލް މުޙައްމަދު ޝާނާސް އެވެ.
އޭޑީކޭއެމްއޭގެ ބޭނުމަކީ ރާއްޖޭގައި ކަރަޓޭ އަދި މާޝަލް އާޓްސް އަދި އެއާ ގުޅުންހުރި ދާއިރާތައް ކުރިއެރުވުމެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ