- Advertisement -ad image

ރަމަޟާން މަހަށް ވަގުތީ މާރުކޭޓެއް ހުޅުމާލެ ފޭސް ދެއެއްގައި ހުޅުވަން ސިޓީ ކައުންސިލުން ނިންމައިފި

ad image

ގުޅުންހުރި ލިޔުންތައް

ރަމަޟާންމަހަށް ހާއްސަ ވަގުތީ ލޯކަލް މާރުކޭޓެއް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުޅުވުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލެ ސިޓީ ކައުންސިލްގެ 90 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި މި ހުށަހެޅުން ހުށަހެޅުއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒުއެވެ.

މޭޔަރު ވިދާޅުވީ ސަރުކާރުން ހުޅުމާލޭގެ ކަންކަން ހިންގަން މާލެ ސިޓީ ކައުންސިލާއި ހަވާލު ނުކުރިނަމަވެސް ހުޅުމާލެ އަކީ މާލެ ސިޓީގެ ބައެއް ކަމަށާއި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަކީވެސް މާލެ ސިޓީ ކައުންސިލްގެ އިޙްތިޞާސްގައި ހިމެނޭތަނެއް ކަމަށެވެ.
މޭޔަރު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައިވެސް މިހާރު 10 ވަރަކަށް ހާސް ޢާއިލާ ދިރިއުޅެމުން ދާކަމަށާއި، އެހެންކަމުން އެފަރާތްތަކަށް ރަމަޟާންމަހު މާލެ ގޮސް ނުވަތަ ދުރު ހިސާބުތަކަށްގޮސް ތަރުކާރީ އާއި މޭވާ ފަދަ ތަކެތި ހޯދުން ދަތި ކަމަކަށްވާނެ ކަމަށާއި، އެހެންކަމުން މާލެ ސިޓީ ކައުންސިލުން ހިންގާ ޕްރޮގްރާމެއްގޮތަށް މިކަން ކުރިއަށްގެންދަންޖެހޭ ކަމަށެވެ.
އިތުރަށް މޭޔަރު ވިދާޅުވީ ދުރާލާ މަސައްކަތްކޮށްގެން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ވަގުތީ ލޯކަލް މާރުކޭޓެއް ހުޅުވާނީ މާލެ ސިޓީ ކައުންސިލަށްވެސް އޭގެން އާމްދަނީއެއް ލިބޭގޮތަށް ކަމަށެވެ. މިއާއިއެކު މޭޔަރު ވިދާޅުވީ މި ލޯކަލް މާރުކޭޓް ހިންގުމާއި މެދުގައި މަޝްވަރާކުރަން ނިންމީ އެތަނުގައި ވަރަށް ގިނަބަޔަކު ދިރިއުޅޭތީ އާއި މިކަމަކީ އެ ހުރިހާ ފަރާތްތަކުންވެސް ވަރަށް ބޮޑަށް އެދޭ ކަމެއް ކަމުގައި ވާތީކަމަށެވެ.

މޭޔަރުގެ މި ހުށަހެޅުމަށް ތާޢީދުކުރައްވަމުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ވިދާޅުވީ ހުޅުމާލެ އަކީ އިޙްތިޞާސް ކަނޑައެޅިއިރު މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އިޙްތިޞާސީ ބާރުގެ ތެރޭގައި އޮތްތަނެއް ކަމަށެވެ. އަދި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެތައް ރައްޔިތުންނެއް ދިރިއުޅޭއިރު، މިފަދަ ޚިދުމަތެއް ފަސޭހަ ކަމާއިއެކު ލިބޭނެ ގޮތެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.
ޝުޖާއު ވިދާޅުވީ މިކަމާއި ގުޅޭ މަޝްވަރާތައް އެޗްޑީސީއާއިއެކު ކުރިއަށް ގެންދެވިފައިވާ ކަމަށާއި، އެފަރާތުންވެސް މިކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ނުރަސްމީކޮށް ވިދާޅުވެފައިވާ ކަމަށެވެ.
މީގެ އިތުރުން ޝުޖާއު ވިދާޅުވީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ އާއިލާތަކަށް ޚާއްސަކޮށް ރަމަޟާން މަހު މިފަދަ ބޭނުންތަކަށް ދުރަށްނުގޮސް މިކަން އިންތިޒާމް ކުރެވުމަކީ މާލެ ސިޓީ ކައުންސިލަށް ކޮށްދެވޭނެ ރަނގަޅު ކަމެއްކަމަށް ފެންނަ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ