- Advertisement -ad image

ރައީސް ޔާމީންގެ ވިސްނުންފުޅު ހައިރާންކުރުވާވަރަށް އަކުރުން އަކުރަށް ދަނީ ދިމާވަމުން: ޝިޔާމް

ad image

ގުޅުންހުރި ލިޔުންތައް


ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓު ކުރީގެ ރައީސް ޔާމީން ގެ ވިސްނުންފުޅު ހައިރާންކުރުވާވަރަށް އަކުރުން އަކުރަށް ދިމާވަމުންދާ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މި ޓުވީޓު ކުރައްވާފައިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ތާއީދު ކުރުމަށް ސަން ޓްރެވަލް ސިޔާމްގެ އެމްޑީއޭއިން ނިންމާފައިވަނިކޮށެވެ.

މެންބަރު ޝިޔާމް ކުރެއްވި ޓުވީޓްގައި ވިދާޅުވީ، ސިޔާސީ މަސްރަހުގެ ކުޅިބައި އެތުރެމުންދާ ގޮތުން އުއްމީދު އިތުރަށް އާލާކޮށްދޭ ކަމަށެވެ. އަދި ޖުމްހޫރީ ޕާޓީ މިވަގުތު ރައީސް ސާލިހު އާއެކު 2023 އަށް ކޯލިޝަން ހެދުމަކީ ނާދިރުކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައީސް ސާލިހު އަށް ތާއީދު ކޮށް ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީންވެސް ވަނީ މީގެކުރިން ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ