- Advertisement -ad image

މަސާޖުޕާލާ ހިންގުމުގެ ގަވައިދު އިސްލާހުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އިކޮނޮމިކް މިނިސްޓްރީން ނިމުނު ހަފުތާގައި އާއްމުކުރި ސްޕާ ހިންގުމުގެ ގަވައިދު އިސްލާހުކޮށް އަލުން އާންމު ކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އިންޑަސްޓްރިއަލް ވިލެޖް ނުވަތަ އިންޑަސްޓްރިއަލް މަސައްކަތަށް ހާއްސަކޮށްފައިވާ ރަށްތައް ނުވަތަ ސަރަހައްދުތައް، ވިޔަފާރި އުސޫލުން ދަނޑުވެރިކަމަށް ނުވަތަ މަސްވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ސްޕާގެ ހިދުމަތް ނުދެވޭނެ ކަމަށެވެ.
އަލުން އާއްމު ކުރި ގަވައިދުގެ ބައެއް މާއްދާތަކުން ފަތުރުވެރިންނަށް ސްޕާ ގެ ހިދުމަތް ދޭ ރިސޯޓުތަކާއި ގެސްޓް ހައުސްތައް ވަނީ އިސްތިސްނާ ކޮށްފައި އެވެ.
އިކޮނޮމިކް މިނިސްޓްރިން މިދިޔަ ހަފުތާގައި އާއްމުކުރި ގަވައިދުގައި ރާއްޖޭގައި މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ހުކުރު ދުވަހުގެ މެންދުރު 11:00 އިން 14:00 އަށް ސްޕާގެ ހިދުމަތް ދިނުން މަނާކޮށްފައި އޮތް ނަމަވެސް، ފަހުން އިސްލާހު ކުރި ގަވައިދުން ޓޫރިޒަމް ހިދުމަތްދޭ ތަންތަން މިގަޑިތަކުން އިސްތިސްނާވެއެވެ.

އެގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓު ގެސްޓް ހައުސްތަކާއި ޓޫރިސްޓް ހޮޓާތަކުގެ އިންހައުސް ގެސްޓުންނަށް ދެވޭ ސްޕާގެ ހިދުމަތްތައް އިސްތިސްނާވެގެންވެއެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ