- Advertisement -ad image

ހުޅުމާލޭގައި ހަދާ ވަގުތީ ލޯކަލް މާރުކޭޓް: ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީ ކައުންސިލްގެ ފަރާތުން ރަމަޟާންމަހަށް ހާއްސަކޮށްގެން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ގާއިމުކުރާ ވަގުތީ މާރުކޭޓުތަކުން ގޮޅި ކުއްޔަށް ހިފުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ރަމަޟާން މަހަށް ޙާއްސަކޮށްގެން ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ތަރުކާރީއާއި މޭވާގެ ބާވަތްތައް ފަސޭހަކަމާއިއެކު ގަންނަން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ ގޮތުން މާލޭ ސިޓީކައުންސިލުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދުގައި ގާއިމްކުރާ ވަގުތީ މާރުކޭޓުތަކުން ގޮޅި ދޫކުރުމަށްވަނީ ހަމަޖެހިފައި ކަމަށެވެ.
އަދި ގޮޅި ދޫކުރުމަށް ހަމަޖެހިފައިވަނީ ގިނަ ވެގެން 50 ދުވަހުގެ މުއްދަތަށް ކަމަށް ސިޓީ ކައުންސިލުން ހާމަކުރެއެވެ.
އެގޮތުން ހުޅުމާލޭގައި ރަމަޟާން މަހަށް ޙާއްސަކޮށްގެން ގާއިމުކުރާ ވަގުތީ މާރުކޭޓު ތަކުން ގޮޅި ކުއްޔަށް ހިފުމަށް ބޭނުންފުޅުވާ ފަރާތްތަކުން ހުޅުމާލޭ އަމީން އެވެނިއު މޭޕްލް ބިލްޑިންގ ގެ 1 ވަނަ ފަންގިފިލާގައި ހުންނަ އެ ކައުންސިލްގެ ހުޅުމާލޭ ސެކްޝަނުން ގޮޅިއަށް އެދޭ ފޯރމް ނަގާ ފުރުމަށް ފަހު 11 މާރިޗު 2023 (ހޮނިހިރު) ދުވަހުގެ 14:00 ގެ ކުރިން ފޯރމް ހުށަހެޅުމަށް ކައުންސިލުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ