- Advertisement -ad image

މިއަހަރުގެ ޖެނުއަރީ މަހު ކުޑަކުދިންނަަށް އަނިޔާކުރި މައްސަލަތައް ރިޕޯޓް ކުރި މިންވަރު އިތުރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރަުގެ ޖެނުއަރީ މަހު ކުޑަކުދިންނަށް އަނިޔާކުރި މައްސަލަތައް ރިޕޯޓް ކުރި މިންވަރު އިތުރުވެއްޖެއެވެ. ޖެންޑަރ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖެނުއަރީ 2023 ގައި އެ މިނިސްޓްރީއަށް 300 މައްސަލަ ރިޕޯޓުކުރި ކަމަށެވެ.
މީގެ ތެރެއިން 120 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަ ކަމަށް ޖެންޑަރ އިން ހާމަކުރެއެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު އެ މިނިސްޓްރީއަށް ހުށަހަޅާފައިވަނީ މިފަދަ 109 މައްސަލައެކެވެ. އެހެންކަމުން ޖެނުއަރީ މަހު މިވަނީ 11 މައްސަލަ އިތުރުވެފައެވެ.
ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. ޖަނަވަރީ މަހު އެކަނިވެސް މިބާވަތުގެ 27 މައްސަލަ ހުށަހަޅާފައިވެއެވެ.
މީގެ އިތުރުން ހިމެނެނީ އިހުމާލުވުމުގެ 23 މައްސަލައާއި, ނަފްސާނީ ހާނިއްކައިގެ 19 މައްސަލައާއި, ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 14 މައްސަލައެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ