- Advertisement -ad image

10 އަހަރުން ދަށުގެ ހަތަރު ކުދިން ގެންގުޅޭ އެކަނިވެރި މަންމަ އަކަށް އެހީވުމަށް މަމްސް އެއިޑްއިން ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް

10 އަހަރުން ދަށުގެ ހަތަރު ކުދިން ގޮވައިގެން ދިރިއުޅެމުން އަންނަ މި މަންމަ އަކީ ހިތްވަރުގަދަ މައެކެވެ.
މަމްސް އެއިޑް އިން ވަނީ މި މަންމަ އަށް އެހީވުމަށް ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން 10 އަހަރުން ދަށުގެ 4 ކުދިން ގޮވައިގެން ވަރަށް ނިކަމެތި ހާލުގައި ދިރިއުޅެމުން އަންނަ އެކަނިވެރި މަޔަކަށް މިވަނީ ވަރަށް އާރޖެންޓްކޮށް އެހީތެރިކަން ބޭނުންވެފައެވެ.
މި ހަތަރު ކުދިންގެ ތެރެއިން ދެ ކުދިންނަކީ ހާއްސައެހީއަށް ބޭނުންވާ ދެކުދިންނެވެ. މި އާއިލާ ދިރިއުޅޭ ތަނުގެ ހާލަތު ހުރިގޮތުން މިރޭވެސް ކުދިންނަށް ނިދޭނެ ގޮތެއް މިވަނީ ނުވެފައެވެ. ގޭގައި ކުދިން ނިދާނެ ގޮދަޑިއެއް އަދި ބާލީހެއް ނެތެވެ. ގައިދަށުގައި އަޅާނެ ރަޖައެއް ނެތުމުން މިރޭވެސް ކުދިން ނިދަން ޖެހޭނީ ތަޅުންމަތީގައި ކަމަށް މަންމަ ބުނެފައިވެއެވެ.

ގޭގައި ކާނެ އެއްވެސް އެއްޗެއް ނެތުމުގެ ސަބަބުން ބަނޑުހައި ހޫނު ކަންމަތީ ކުދިން ތިބޭތާ ވަނީ ދެ ދުވަސް ވެފައެވެ.
އެހެންކަމުން މަމްސް އެއިޑް ޓީމުން މަސައްކަތް ކުރަނީ އެއާއިލާއަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށެވެ.
އަދި ކުދިންނަށް ނިދަން ބޭނުންވާ ގޮދަޑި އަދި ބާލީސް ފަދަ ތަކެތި ހަދިޔާކުރަން ބޭނުންވާ ފަރާތްތަކުން 9368833 އަށް ގުޅުމަށް މަމްސް އެއިޑުން އެދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ