- Advertisement -ad image

މެންބަރުކަމުގެ ހުވާކުރުމާ ހަމައަށް ޕާޓީ ބަދަލުކުރެވޭނެ: ހަބީބު

ad image

ގުޅުންހުރި ލިޔުންތައް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމުގެ ހުވާ ކުރުމާއި ހަމަޔަށް އަމިއްލަގޮތުން އިންތިހާބުގައިި ވާދަކޮށް ގޮނޑި ކާމިޔާބުވި މެމްބަރުންނަށް ޕާޓީ ބަދަލުކުރުމަށް ޤާނޫނު އަސާސީއިން ހުރަހެއް ނެތްކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ނައިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވެއްޖެ އެވެ.

“އެކްސް”ގައި ހަބީބް މިހެން ވިދާޅުވެފައި މިވަނީ އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އަމިއްލަގޮތުން ވާދަކުރި 6ަ މެމްބަރަކު ޕީއެންސީ އާއި ގުޅުމުން، އެންޓި-ޑިފެކްޝަންގެ ޤާނޫނުގެ ދަށުން އެ މެމްބަރުންނަށް ލިބިފައިވާ ގޮނޑި ގެއްލިދާނެކަމާއި މެދު ބަހުސް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ހަބީބް ވަނީ ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ނ) ގައި ބުނާ ޝަރުޠަކުންކުރެ ޝަރުޠެއް ޕާޓީ ބަދަލުކުރި ހަ ބޭފުޅުންގެ ފަރާތުން އުނިނުވާކަމަށް ވިދާޅުވެފައެވެ. އަދި އެންޓި-ޑިފެކްޝަންގެ ޤާނޫނުގެ 3 ވަނަ މާއްދާގެ (ބ) ގައި ބުނާ ފަދައިން، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު އަދި ފެށިފައި ނުވާތީ އިންތިޚާބުވެވަޑައިގެންފައިވާ ކޮންމެ ބޭފުޅަކުވެސް މެމްބަރުކަމުގެ ހުވާކުރެއްވުމުގެ ކުރިން ބޭނުންފުޅުވާ ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ފުރުސަތު އެބައޮތްކަމަށް ހަބީބްވަނީ ވިދާޅުވެފައެވެ.

“ޤާނޫނުއަސާސީގެ 30، 59، 63، 69 އަދި 73 ގެ (ބ) އާ ޚިލާފަށް، އަދި ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ޙައްޤެއް ޤާނޫނަކުން އުންޏެއް ނުކުރެވޭނެ. މަރުޙަބާ، ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެ ވަޑައިގެންފައިވާ، ޢިއްޒަތްތެރި 6 މެންބަރުން.” ހަބީބްގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.

20ވަނަ ރައްޔިތުންގެ މަޖިލީހުގެ ހުވާކުރާ ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މެއި މަހުގެ 28 އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ސަރުކާރުގެ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ކޮންގްރެސް ޕާޓީންވަނީ 66 ގޮނޑި ކާމިޔާބު ކޮށްފައެވެ. 

އަދި މިއަދު ޕީއެންސީ އާއި ގުޅުނު 6 މެމްބަރުންގެެ ތެރެއިން ޑރ. އަނާރާ ނަޢީމް އާއި ހަސަން ޒަރީރާއި އަހުމަދު ޒަމީރާއި އަހުމަދު ރިޔާޒު މަޖިލީހަށް ވާދަކުރެއްވީ ސަރުކާރުގެ ތާއީދާ އެކުގައެވެ. ޔާސީން ޢަބްދުﷲ އާއި ޢާޒިމް ޢަބްދުލް ޢަޒީޒް ސަރުކާރުގެ ތާއީދާ އެކުގައި މަޖިލިހަށް ކުރިމަތިލެއްވި ބޭފުޅުންނެއް ނޫނެވެ. އެކަމަކު، އެއީ ޕީޕީއެމް/ޕީއެންސީ ފިކުރުގެ މެމްބަރުންނެވެ.

އަލަށް ސޮއިކުރި މި މެމްބަރުންނާއެކު ޕީއެންސީއަށް އަށް ސުޕަރި-މެޖޯރިޓީ ލިބިފައިވާއިރު، 20 ވަނަ ރައްޔިތުން މަޖިލީހުގައި އެ ޕާޓީީއަށް ނިސްބަތްވާ 72 މެމްބަރުން ތިއްބަވާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ