- Advertisement -ad image

ޗިކުންގުންޔާ ފެތުރޭ މިންވަރު އިތުރުވެއްޖެ، ސަމާލުވޭ!

ad image

ގުޅުންހުރި ލިޔުންތައް

ޗިކުންގުންޔާ ފެތުރޭ މިންވަރު ވަރަށް ބޮޑުތަނުން އިތުރު ވެފައިވާތީ ބަލިން ރައްކާތެރިވެ ތިބުމަށް ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭއިން ބުނިގޮތުގައި މި މަހު އެކަނި މާލޭ ސަރަހައްދުން މި ބަލީގެ 46 ކޭސްއެއް ވަނީ ރިޕޯޓުކޮށްފައެވެ. އެހެންކަމުން އެ އެޖެންސީއިން ވަނީ ޑެންގީއާއި، ޗިކަންގުންޔާ ފަދަ މަދިރީގެ ޒަރީއްޔާ އިން ފެތުރޭ ބަލިތައް ކޮންޓްރޯލް ކުރުމަށާއި، ބަލިން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.

އެޗްޕީއޭއިން ވަނީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ގޮވާލައިފަ އެވެ. އެގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާގޮތަށް ހެދުން އެޅުމަށާއި، މަދިރި ލޯޝަން ބޭނުން ކުރުމަށާއި، ސްޕްރޭ ބޭނުން ކުރުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފައިވެއެވެ. އަދި ތިން ދުވަހަށް ވުރެ ގިނައިން ހުން އަންނަނަމަ، އަދި ޑެންގީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ސިއްހީ އެހީތެރިއެއްގެ އެހީ ހޯދުމަށް އެޖެންސީން އެދިފައިވެއެވެ. 

ޑެންގީގެ ބައެއް އަލާމަތްތައް:

ޗިކަންގުންޔާގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި، ހުޅުހުޅުގައި ރިއްސުމާއި، ބޮލުގައި ރިއްސުމާއި، ބައެއް ހުޅުހުޅު ދުޅަވުމުގެ އިތުރުން ކުދި ބިހިތަކެއް ނެގުން ހިމެނެއެވެ.

ގޭގައި ދެވިދާނެ ބައެއް ފަރުވާތައް:

އަރާމުކުރުން (މީގެ ސަބަބުން ބަލި ފަސޭހަވުން އަވަސްވެ، ބަލި ފެތުރުންވެސް ރައްކާތެރިކޮށްދޭ)
ގިނަ ގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން (ކުރުނބާ ފެން، ލޮނު ޕެކެޓް، ތާޒާ މޭވާގެ ޒޫސް، ސޫޕް ފަދަ ތަކެތި) (ގިނައިން ދިޔާ ތަކެތި ދިނުމުގެ ބޭނުމަކީ، ލޭގެ ޕްރެޝަރު ރަނގަޅަށް ހިފެހެއްޓުން)
ފެރެސެޓެމޯލް ނޫން ބޭހެއް ބޭނުން ނުކުރުން (ހުން މަޑުކުރުމާއި، ގައިގައި ރިއްސުމާއި، ހުޅުހުޅުގައި ރިއްސުމަށް)

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ