- Advertisement -ad image

މާލެ ދަތުރުކުރަމުން ދިޔަ ބޯޓެއްގައި އަލިފާން ރޯވެ ފަޅުވެރިއަކު ގެއްލިގެން ހޯދަނީ

ad image

ގުޅުންހުރި ލިޔުންތައް


މ.ތުވަރު ކައިރިން މާލެއަށް ދަތުރުކުރަމުން ދިޔަ “އާގަލާ” ނަމަކަށްކިޔާ މާލެ ދަތުރުކުރާ ބޯޓެއްގައި އަލިފާން ރޯވެ، ހާލުގައި ޖެހުނު ފަޅުވެރިންނަށް، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ބޯޓު މ.ތުވަރުން 0.96 ނޯޓިކަލް މޭލު ބޭރުގައި އޮއްވައެވެ. މި ބޯޓުގައި ވަރަށް ބޮޑަށް އަލިފާން ރޯވުމުގެ ސަބަބުން އެ ބޯޓުން ދަތުރުކުރި 15 ފަޅުވެރިން (5 ދިވެހިންނާއި، އިންޑިއާ 5 މީހުންނާއި އަދި ބަންގްލަދޭޝް 5 މީހުން) ކަނޑަށް ފުންމާލުމުގެ ސަބަބުން ކަނޑުވެފަ ތިއްބައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ވަނީ އެމީހުންގެ ތެރެއިން ފެންނަންތިބި 14 މީހުން ސަލާމަތްކޮށްފައެވެ. އަދި ފަޅުވެރިންގެ ތެރެއިން އިންޑިއާ މީހަކު ފެނިފައިނުވާތީ، އެމީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންގެ ސިފައިން ދަނީ އެ ސަރަހައްދުގައި ކުރަމުންނެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޯސްޓްގާޑް ތާޑް ސްކޮޑްރަންއަށް ލިބުނީ ރޢ 02:47 ހާއިރު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ