- Advertisement -ad image

ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ދޭނީ މިމަހު 19ގައި

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރުގެ ރަމަޟާން މަހުގެ އިނާޔަތު ފައިސާ ސަރުކާރު އޮފީސްތަކުން މުވައްޒަފުންނަށް ދޭން ހަމަޖެހިފައި ވަނީ 19 މާރިޗުގައި ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
ފިނޭންސް މިނިސްޓްރީން އާއްމުކުރި މާލިއްޔަތާއިބެހޭ ސާރކިއުލަރގައި ބުނީ ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް ރަމަޟާންމަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭންވާނެ ކަމަށެވެ.

އަދި މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާ ދޭއިރު، ހަމައެކަނި އެ މުވައްޒަފުންގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތުގެ ފައިސާ ދިނުމަށާއި އަދި އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތުގެ ފައިސާ ނުދިނުމަށް ބުނެފައިވެއެވެ.
ރަމަޟާން މަސް ފެށޭއިރު އޮފީހަށް ހިދުމަތް ނުލިބޭގޮތަށް “ޕޭ ލީވް” އަދި “ނޯ ޕޭލީވް” ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށް ވެސް މިނިސްޓްރީގެ ސާރކިއުލާގައި ބުނެފައިވެއެވެ.

އަދި މިފަދަ ލީވްއެއްގައި ހުންނަ މުވައްޒަފަކު ރަމަޟާންމަހުގެ ތެރޭގައި އެނބުރި ހިދުމަތަށް ނިކުމެއްޖެނަމަ އެދުވަހަކުން ފެށިގެން ރަމަޟާންމަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އެއަދަދަށް އިނާޔަތުގެ ފައިސާދިނުމަށް ސާރކިއުލާގައި ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ