- Advertisement -ad image

ގުރައިދޫ ދާއިރާގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ޕީޕީއެމުން ހުޅުވާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓަކު ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.
ޕްރައިމަރީއަށް ވާދަކުރަން ފޯމް ހުށައެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 2:30 ގެ ނިޔަލަށެވެ. އަދި ޕްރައިމަރީ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުއެވެ.
ގުރައިދޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެ ދާއިރާގެ މެންބަރު ކަމުގައި ހުންނެވި ރިޒާ އަވަހާރަވުމާއި ގުޅިގެންނެވެ.
އިދިކޮޅު ޕީޕީއެމް ތަމުސީލު ކުރައްވަމުން ގެންދެވި ރިޒާ ވަނީ 14 އަހަރު ގުރައިދޫ ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ