- Advertisement -ad image

ރަމަޟާން މަހަށް ހަނދު ބަލާނީ މިމަހުގެ 21 ގައި

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރުގެ ރަމަޟާން މަހަށް ހަނދު ބެލުން އޮންނާނީ މިމަހުގެ 21 ވަނަ ދުވަހު ކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން(ޑީޖޭއޭ)އިން ބުނެފިއެވެ.
ޑީޖީއޭއިން ބުނީ ހަނދު ސާބިތު ކުރުމަށް، ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭން ހަމަޖެހިފައިވަނީ، މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިމަތީގައި ކަމަށާއި އަތޮޅު ތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައި ކަމަށެވެ.
ނަމަވެސް މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހެކި ބަސް ދޭންޖެހޭނީ އެރަށެއްގެ ކައުންސިލް އިދާރާ ހިންގުމަށް ހަވާލުވެ ހުންނަ ފަރާތެއްގެ ކުރިމަތީގައެވެ.

ރޯދަ މަހުގެ ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މިމަހުގެ 21 ވަނަ ދުވަހުގެ ހަވީރު 5:30 އިން ފެށިގެން ޑީޖޭއޭ އާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި ރަށު ކައުންސިލު އިދާރާތަކާއި އަތޮޅު ކައުންސިލު އިދާރާތައް ހުޅުވާފައި ހުންނަ ގޮތަށް ވަނީ ހަމަޖައްސާފައިއެވެ.

ފަލަކީ ހިސާބުން ދައްކާގޮތުން މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ 23 މާރޗްވާ ބުރާސްފަތި ދުވަހެވެ

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ