- Advertisement -ad image

އުންމީދަކީ ރޯދަމަހަށް ވިލިމާލޭގެ ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެންދިއުން: މޭޔަރ މުޢިއްޒު

ad image

ގުޅުންހުރި ލިޔުންތައް

އުންމީދަކީ ރޯދަ މަހަށް ވިލިމާލޭގެ ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެން ދިއުން ކަމުގައި މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރު މިފަދައިން ވިދާޅުވީ މާލެސިޓީ ކައުންސިލުން ވިލިމާލޭގައި ޤާއިމްކުރި ވަގުތީ ލޯކަލް މާރުކޭޓުގައި ފަންކާ ހަރުކުރުމުގެ އިތުރުން މާރުކޭޓު ބޭރުގަ ދާޖެހުމުގެ މަސައްކަތް މިއަދު ކައުންސިލުން ފެށުމާއިގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

މޭޔަރު ވިދާޅުވީ ވިލިމާލެ ރައްޔިތުން އެދުނުގޮތަށް މަސައްކަތް ކުރިއަށް ދާކަމަށާއި، އުންމީދަކީ މިކަމުގެ ސަބަބުން ކުރިއަށްއޮތް ރޯދަމަހަށް ވިލިމާލޭގެ ރައްޔިތުންނަށް ލުއިފަސޭހަކަން ލިބިގެން ދިއުންކަމަށެވެ.

ވިލިމާލޭ ވަގުތީ ލޯކަލް މާރުކޭޓުގައި ފަންކާ ހަރުކުރުމުގެ އިތުރުން މާރުކޭޓު ބޭރުގަ ދާޖެހުމުގެ މަސައްކަތުގެ ތެރެއިން.

މާލެސިޓީ ކައުންސިލުން ވަނީ ހަތަރު މަސްދުވަހަށް ވިލިމާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ކުލި މާފުކޮށްދީފައެވެ. މާލެ ސިޓީ ކައުންސިލުން މިގޮތަށް ނިންމީ ވިލިމާލޭގެ ލޯކަލް މާރުކޭޓަކީ އަލަށް އެރަށުގައި ޤާއިމު ކުރެވުނު ތަނަކަށް ވުމާއިއެކު ގޮޅި ހިންގާ ފަރާތްތަކަށް ލުޔެއް ދިނުމުގެ ބޭނުމުގައެވެ. އަދި މާލޭގައި މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް ލުޔެއް ދޭން ނިންމާފައިވަނީ ތަކެތީގެ އަގުތައް މައްޗަށް ދިއުމާއި މާރުކޭޓު ހިންގާ ފަރާތްތަކަށް ދިމާވެފައިވާ ދަތިތަކާއި ގުޅިގެންކަމަށް މޭޔަރ މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

ވިލިމާލޭގެ އިތުރުން މާލޭގެ މާރުކޭޓް ގޮޅި ހިންގާ ފަރާތްތަކަށް މާލެ ސިޓީކައުންސިލުންވަނީ ލުއިތަކެއްދީފައެވެ. މިފަދަ ލުއިތަކެއްދޭން ކައުންސިލުން ނިންމާފައިވަނީ އެފަރާތްތަކުންވެސް މިފަދަ ލުޔެއް ބޭނުންވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ