- Advertisement -ad image

މާލޭ ގެއެއްގެ ބެލްކަނިން ވެއްޓި 4 އަހަރުގެ ކުއްޖަކު މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ ބެލްކަނިން ވެއްޓި 4 އަހަރުގެ ކުއްޖަކު މަރުވެއްޖެއެވެ.
ފުލުހުން ބުނީ މި ކުއްޖާ ވެއްޓިފައިވަނީ ގޭގެ 5 ވަނަ ފަންގިފިލާއިން ކަމަށެވެ. އަދި ވެއްޓި މަރުވީ 4 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށާއި މިހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭ 12:20 އެހާކަންހާއިރު ކަމަށެވެ.
އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ކުއްޖާއަށް ފަރުވާދެމުންދަނިކޮށް ކުއްޖާ މަރުވީ ކަމަށް ހޮސްޕިޓަލުން ބުނެފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު ކުއްޖާ ވެއްޓުނީ ކީއްވެ ކަން އަދި ހާމަކޮށްފައެއް ނުވެއެވެ.
މިދިޔަ 2022 ވަނަ އަހަރު ހުޅުމާލެ ނިރޮޅުމަގުގައި ހުންނަ ގެއެއްގެ ބެލްކަނިން ވެއްޓިގެން ކުޑަ ކުއްޖަކު މަރުވެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ