- Advertisement -ad image

ގުރައިދޫ ދާއިރާގެ ކެމްޕެއިން: ޕީޕީއެމްގެ ކެންޑިޑޭޓާއެކު ލީޑަރޝިޕުން ދޮރުން ދޮރަށް!

ad image

ގުޅުންހުރި ލިޔުންތައް


ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ޕީޕީއެމްގެ ކެންޑިޑޭޓާއެކު ޕީޕީއެމްގެ ލީޑަރޝިފުން ދޮރުން ދޮރަށް ކެމްޕެއިން ފަށައިފިއެވެ.
އެގޮތުން ދޮރުންދޮރަށް މި ދަތުރުގައި ގުރައިދޫ ދާއިރާގައި ހިމެނޭ ގުޅި، މާފުށި އަދި ގުރައިދޫ މި ތިން ރަށުގެ ގޭގެއަށް ޕީޕީއެމްގެ ޓީމުތަކުން ދަތުރުކުރާނެއެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ މަރުހޫމް ރިޒާގެ ކޮށްކޮ އަލްއުސްތާޒް ހުސެއިން ރިޒާއެވެ.


ުހުސެއިން ރިޒާ އާއި ގުޅޭގޮތުން ކުރެއްވި ޓުވީޓެއްގައި މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދ މުއިއްޒު ވިދާޅުވީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ ހުސެއިން ރިޒާ އަކީ އެދާއިރާއަށް އެންމެ ގާބިލު ކެންޑިޑޭޓު ކަމަށެވެ.

ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ ގުޅި ގުރައިދޫ މާފުށީގެ ލޮބުވެތި ރައްޔިތުން އެދޭފަދަ މަސައްކަތްތަކެއް ރައްޔިތުންގެ މަޖިލީހުގައި ކުރުމުގެ ހިއްވަރާ ޢިލްމާ ޙިލްމާ އެޤާބިލްކަން ހުރި ކެންޑިޑޭޓަކީ ޕީޕީއެމް ގެ ކެންޑިޑޭޓު އުސްތާޛު ހުސައިން ރިޒާ ކަމަށެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނީ އަންނަ އެޕްރީލް މަހުގެ ފަނަރަ ވަނަ ދުވަހުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ