- Advertisement -ad image

ރޯދަ އިނާޔަތާއި ހަދިޔާގެ ގޮތުގައި އެމްއޭސީއެލްގެ މުވައްޒަފުންނަށް 5000 ރުފިޔާ ދެނީ!

ad image

ގުޅުންހުރި ލިޔުންތައް


ރަމަޟާންމަހުގެ ރޯދަ އިނާޔަތާއި އަދި ހަދިޔާގެ ގޮތުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްގެ ކޮންމެ މުވައްޒަފަކަށް 5000 ރުފިޔާ ދޭން އެ ކުންފުނިން ނިންމައިފިއެވެ.
އެ ކުންފުނިން މުވައްޒަފުންނަށް ފޮނުވި ސާރކިއުލާއެއްގައި ބުނީ އެމްއޭސީއެލުން މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނީ، މިއަހަރުގެ ރޯދަ މަހުގެ އިނާޔަތު ފައިސާގެ ގޮތުގައި ދެވޭ 3،000 ރުފިޔާ އެކުންފުނީގައި ވަޒީފާ އަދަކުރާ ކޮންމެ މުސްލިމް މުވައްޒަފަކަށް މިއަދު ޖަމާ ކޮށްދޭނެ ކަމަށެވެ.
އަދި އެކުންފުނީގެ މުވައްޒަފުން ކުރާ މަސައްކަތުގެ ބާވަތުން މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ގޮތުން 2000 ރުފިޔާ ހަދިޔާގެ ގޮތުގައި ދޭން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން ޖުމުލަ 5000 ރުފިޔާ އެ ކުންފުނީގައި މަސައްކަތް ކުރާ ކޮންމެ މުސްލިމަކަށް މިއަދު ޖަމާކުރާނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.

ސަރުކާރު މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމަށް ފިނޭންސް މިނިސްޓްރީން އަންގާފައިވަނީ މިއަދުއެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ މުލަ ރޯދަ ދުވަހަކީ 23 މާރޗްވާ ބުރާސްފަތި ދުވަހެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ