- Advertisement -ad image

މުދަލާ ހިދުމަތުގެ އަގު ބޮޑުވުން ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލާ، ގަރާރެއް ހުށަހަޅައިފި

ad image

ގުޅުންހުރި ލިޔުންތައް


ސަރުކާރުން ޖީއެސްޓީ ބޮޑުކުރުމާއެކު މުދަލާ ހިދުމަތުގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުންނަށް ކުރިމަތިވަމުންދާ ދަތިތަކާއި ގޮންޖެހުންތައް ކުޑަކޮށް، ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރުމަށް ސަރުކާރަށް ގޮވާލައި ގަރާރެއް ހުށަހަޅައިފިއެވެ.
މި ގަރާރު މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އުމަރެވެ.
އާދަމް ޝަރީފު ހުށަހެޅުއްވި ގަރާރުގައި ރާއްޖޭގައި މުދަލުންނަގާ ޖީއެސްޓީ ބޮޑުކުރުމާއެކު ދިވެހިން ދިރިއުޅުމުގައި އާއްމުކޮށް ބޭނުންކުރާ މުދަލާ ކާބޯތަކެއްޗާއި މުދަލާ ހިދުމަތުގެ އަގު މިދިޔަ ޖެނުއަރީ މަހުން ފެށިގެން 7 އިންސައްތަ ބޮޑުވެ، އަދި ވޭތުވެދިޔަ އަހަރުގެ ތެރޭގައި 7.82 އިންސައްތަ އިތުރުވެ ނިސްބަތުން ވޭތުވެދިޔަ އަހަރުގެ ތެރޭގައި 75 އިންސައްތައަށްވުރެ އިންފްލޭޝަން އިތުރުވެފައިވާކަމާއި އަދި ކާބޯތަކެތީގެ ހިދުމަތްދޭ ތަންތަނުގެ އަގުތައް 4.8 އިންސައްތަ ބޮޑުވެފައިވާކަން ނެޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން އާއްމު ކުރި ތަފާސް ހިސާބުތަކުން ފެންނަން އޮތުމުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އެގޮތުން ގަރާރުގައި ދިވެހި ސަރުކާރުން ބޮޑުކުރި ޖީއެސްޓީ އަލުން މުރާޖާ ކުރުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އަގު ހެޔޮކޮށް ރައްޔިތުންގެ އަތްނުފޯރާ ހިސާބުގައި ހުރި މުދަލުގެ އަގުތައް ކޮންޓްރޯލް ކުރެވޭނެ ގޮތްތަކެއް ސަރުކާރުން ރާވައި، ހާއްސަކޮށް ރަމަޟާންމަހު ބާޒާރުގެ އަގުތައް ރައްޔިތުންގެ އަތްފޯރާ ފަށުގައި ހިފެހެއްޓޭނެ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ