- Advertisement -ad image

މި ރަމަޟާންމަހު އާއިލާ އާއި ރައްޔިތުންނާއި އެކަހެރިކޮަށް ހުންނަވަންޖެހުނަސް އަޒުމަކަށް އަދި ހިތްވަރަކަށްވެސް ބަދަލެއް ނާދެ: ރައީސް ޔާމީން

ad image

ގުޅުންހުރި ލިޔުންތައް

ބަރަކާތްތެރި ރަމަޟާން މަހު ޢާއިލާއާއި ރައްޔިތުންނާއި ވަކިން އެކަހެރިކޮށް ހުންނަވަން ޖެހުމުގެ ހިތްދަތިކަން އިޙުސާސްކުރެއްވުނުނަމަވެސް، ޢަޒުމަކަށްވެސް އަދި ހިތްވަރަކަށް އެއްވެސް ބަދަލެއް ނާންނަކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުالله ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާަޅުވީ ރަމަޟާންމަހުގެ ތަހުނިޔާ ކިޔުއްވަަ ފޮނުއްވި މެސެއްޖައެވެ.
އެގޮތުން ރައީސް ޔާމީންގެ މެސެޖުގައި ވިދާޅުވީ އެމަނިކުފާނު ހުންނެވީ ވަރަށް ސާބިތުކަމާއެކު ވަރުގަދަކޮށްކަމުގައެވެ.
އަދި ރަމަޟާން މަހުގެ ދަރުމައާއި ޘަވާބަށް އެދި ގަދައަޅާ މަސައްކަތް ކުރައްވާއިރު، ޤައުމަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އަޅުވެތިކަމުން ދިވެހި ޤައުމު ސަލާމަތްކުރުމަށާއި، ވެއްޓިފައި މިވާ އަޑިގަނޑުން އަރައިގަތުމަށް ދިވެހި ރައްޔިތުން ކެނޑިނޭޅި ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ހިތއްވަރު ދެއްވައި އެމަސައްކަތްޕުޅު ހުއްޓަވާނުލައްވައި ކުރިއަށް ގެންގޮސްދެއްވުން އެއީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާނޭ އެންމެ ބޮޑު ހިތްވަރުކަމުގައިވެސް ވިދާޅުވިއެވެ.
“ ގައުމު ސަލާމްތްކޮށްދެއްވައި، ޤައުމު އަލުން އަނބުރާ ހޯދުމަށް ދިވެހީން ކުރާ މަސައްކަތުގައި ބަރަކާތް ލައްވައި، ކާމިޔާބީ މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވައި، އަދ މި މައްސަރަކީ ހުރިހާ ގޮތަކުންވެސް މިޤައުމާއި ދިވެހި ރައްޔިތުންނަށް ލުއި ފަސޭހަ އަދި އަޅުކަމުގައި ޝާމިލުވެ އުޅުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރައްވާފައިވާ މައްސަރެއްކަމުގައި ލައްވައި މިމައްސަރުގެ ހެޔޮ ދަރުމައާއި ޘަވާބު އެންމެހާ ދިވެހި ރައްޔތުންނަށް މިންވަރު ކުރެއްވުން އެދި ދުއާ ކުރަން” ރައީސް ޔާމީންގެ މެސެޖުގައިވެއެވެ.
ރައީސް ޔާމީން ވަނީ ރަމަޟާން މަހުގެ ތަހުނިޔާ އާއި ހެޔޮއެދުން ދިވެހި އެންމެހާ ރައްޔިތުންނަށާއި އިސްލާމީ އުންމަތަށް ފޮނުއްވާފައެވެ.

އަދި މި މަތިވެރި މައްސަރުގެ ބޭނުން ހެޔޮ ގޮތުގައި ހިތްޕެވުމަށާއި، ހެޔޮ ދަރުމައާއި ޘަވާބަށް އެދިގެން އެންމެހާ ރައްޔިތުންގެ ޢަމަލުތައް ސީދާ ކުރައްވާ މިމައްސަރުގެ ހެޔޮ ރަޙުމަތް ހޯދުމަށް ގަދައަޅާ މަސައްކަތް ކުރާ ބަޔަކަށް ވުމަށް އެންމެހާ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ނަސޭހަތްތެރިވެވަޑައިގެންފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ