- Advertisement -ad image

ކަދުރު ރުއްއިންދާ އޭގެ ޕިޓް ތަކުގައި ޖަހާފައި ހުރި ބޯގަންވިލާ ގަސްތައް ވަގަށް ނަގައިފި

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީ ކައުންސިލުން ބޮޑުތަކުރުފާނު މަގުގައި ޖަހާފައި ހުރި ކަދުރު ރުއްތަކުގެ ޕިޓްތަކުގައި ޖަހާފައި ހުރި ބޯގަންވިލާ ގަސްތައް ވަގަށް ނަގަމުންދާތީ ސިޓީ ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ ބޮޑުތަކުރުފާނުމަގު ޒީނަތްތެރި ކުރުމުގެ ގޮތުން ކަދުރު ރުއްއިންދާ އޭގެ ޕިޓް ތަކުގައި ޖަހާފައި ހުރި ބޯގަންވިލާ ގަސްތައް ވަގަށް ނަގަމުންދާކަން ހިތާމައާއި އެކު ފާހަގަ ކުރާ ކަމަށެވެ.
އެހެންކަމުން މިކަން މިގޮތަށް ނުކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނަސޭހަތްތެރިވެފައެވެ.
ޗާލު މާލެ ސިޓީ އަމާޒަށް ވާސިލުވުމުގައި އެންމެހާ ފަރާތްތަކުގެ އެއްބާރުލުން މުހިންމު ކަމަށް މާލެ ސިޓީ ކައުންސިލުން ފާހަގަކުރެއެވެ.

ބޮޑުތަކުރުފާނު މަގުގައި އިންދާފައި ހުރި ކަދުރު ރުއްތަކުގެ ޕިޓް ތަކުގައި ބޯގަންވިލާ ގަސް ޖަހާ މި ރޯދައަށް ސިޓީ ކައުންސިލުން ވަނީ އެ މަގު ރީތިކޮށްލާފައެވެ. ގިނަ ބަޔަކު އެމަގު ވަރަށް ރީތިވެގެން މާލެ ސިޓީ ކައުންސިލަށް ތައުރީފުވެސް ކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ