- Advertisement -ad image

ޕާރކް ކުރާނެ ތަނެއް ނުދައްކާ، ސްޓިކާއެއް ނުޖަހާނަން، އެކަމަކު އެތައް ބަޔަކު ދިރިއުޅޭ ނިރޮޅު މަގުގައި ޕާރކް ކުރުން މަނާ!

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭ ނިރޮޅު މަމުގައި ޕާރކް ކުރާނެ ތަނެއް ނުދައްކާ ޕާރކް ކުރުން މަނާ ޓޭޕު ދަމަން ފަށައިފިއެވެ.
އެގޮތުން އެތައްހާސް ބަޔަކު ދިރިއުޅެމުން އަންނަ ނިރޮޅުމަގުގައި ޕާރކް ކުރުން މަނާ ޓޭޕް ދަމަން ފަށައިފާވަނީ މުލަ ރޯދަ ދުވަހުން ފެށިގެންނެވެ.
ކުއްލިއަކަށް މިގޮތަށް ކަންކުރުމުން މި މަގުގައި ދިރިއުޅޭ ރައްޔިތުންނަށް ވަނީ މިކަން ބޮޑު އުދަނގުލަކަށްވެފައެވެ.
“ އަހަރުމެން ގެ މި އިންނަނީ ނިރޮޅުމަގަށް. މިހާރު ގެއަށް އައިސް ސައިކަލު ޕާރކު ކޮށްލަން ދާން މިޖެހެނީ ދެން ހުންނަ ގޯޅިތަކަށް. ގިނަ ފަހަރަށް ތަންކޮޅެއްވެސް ނުލިބޭ ސައިކަލު ޖަހާކަށް” ނިރޮޅުމަގުގައި ހުންނަ ގެއެއްގައި ދިރިއުޅޭތާ ގިނަ ދުވަސްތަކެއްވީ މީހަކު ބުންޏެވެ.


“ މިމަގުގައި ކާރު ޕާރކު ކުރެވިގެން ނުވާނެ. އެކަމަކު ސައިކަލު ޕާރކް ކުރެވެން ޖެހޭނެ ދޯ. ގޮތަކަށް ބުނަންޏާ އެއީ އަސާސީ ހައްގެއްދޯ މިހާރު “ އެހެން މީހަކު ބުންޏެވެ.
ޕާރކް ކުރާނެ ތަނެއް ނުދައްކާ ސްޓިކަރ ނުޖަހާނެ ކަމަށް ރައީސް ސާލިހު ވަނީ ރައްޔިތުންނަށް ވައުދުވެފައެވެ. ނަމަވެސް ނިރޮޅު މަގުގައި ޕާރކް ކުރުން މަނާކޮށްފައިވަނީ ރައްޔިތު މީހާއަށް ޕާރކް ކުރާނެ ތަނެއް ދައްކާފައެއް ނޫނެވެ. އެހެންނަމަވެސް ޕާރކް ކުރުން މަނާ ޓޭޕް ދަމާފައި ހުއްޓާ ޕާރކްކޮށްފިނަމަ ސްޓިކަރ ޖަހާނެއެވެ. އަނެއްކާވެސް ބާރު ބޮޑުވާނީ ރައްޔިތު މީހާގެ ޖީބަށެވެ.
އެޗްޑީސީން ކުރިން ބުނެފައި ވަނީ ނިރޮޅުމަގުގެ އެއްޗެހި ދުއްވާ ފުލޯ ބަދަލުކޮށްލުމުގެ ވިސްނުން ގެންގުޅޭ ކަމަށެވެ. އެގޮތުން ނިރޮޅު މަގުގައު ހަތަރު ލޭނެއް ހަދައިގޮތަށް އެޗްޑީސީން ވަނީ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ