- Advertisement -ad image

ހިޔާ ޓަވަރުތަކަށް ކަރަންޓު ދެވޭނީ ތިން ގަޑިއިރު ފަހުން: ސްޓެލްކޯ

ad image

ގުޅުންހުރި ލިޔުންތައް


މިއަދު ހަވީރު ކަރަންޓް ކެނޑުނު ހިޔާގެ ޓަވަރުތަކަށް ކަރަންޓްދޭން އަދިވެސް ތިން ގަޑިއެއްހާއިރު ނަގާނެ ކަމަށް ސްޓެލްކޯއިން ބުނެފިއެވެ. ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓް ކެނޑުނީ މިއަދު ހަވީރު 17:30 އެހާއިރުއެވެ.
ސްޓެލްކޯއިން ބުނީ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑެން މެދުވެރިވި، ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސުވިޗްގިއަރ ބަދަލު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މި މަސައްކަތަށް 3 ގަޑި އިރު ހޭދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން މާފަށް އެދެއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެން ކަމަށެވެ.
ހިޔާ ޓަވަރުތަކުގައި އެތައްހާސް ރައްޔިތުންނެއް ދިރިއުޅެމުންދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ