- Advertisement -ad image

ބްރިޖް އެކްސިޑެންޓް: ވޭނުން ޖެހި ވެއްޓި ކަނާއަތް ދެތަނުން ބިންދައިގެން ގޮސް، ސިކުނޑިއަށްވެސް ވަނީ ލޭ އެޅިފައި!

ad image

ގުޅުންހުރި ލިޔުންތައް


މާލެއިން ސިނަމާލެ ބްރިޖަށް އަރަންދާ ހިސާބުގައި ހުންނަ ޓްރެފިކް ލައިޓްކައިރިން ވޭނަކާ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް ކަމަށް އާއިލާއިން ބުނެފިއެވެ.
އެކްސިޑެންޓްވި ޒުވާނާގެ އާއިލާ އާއި ހަވާލާދީ ދިޔަރެސް ނޫހުގައި ބުނެފައިވަނީ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް 26 އަހަރުގެ އެ ޒުވާނާގެ ހޭ ނެތް ކަމަށާއި އެރޭ އެންމެ ފުރަތަމަ އޭނާ ގެންދިޔައީ އައިޖީއެމްއެޗަށް ނަމަވެސް ފަހުން އޭޑިކޭ ހޮސްޕިޓަލަށް ބަދަލު ކުރީ ކަމަށެވެ.
އަދި ވޭނުން ޖެހި، ވެއްޓުނު ގޮތުން ޒުވާނާގެ ކަނާއަތް ދެތަނުން ބިންދައިގެން ގޮސް، ފައިގެ އިނގިލިތަށްވެސް ވަނީ ވަރަށް ބޮޑަށް ގޭނި ހަލާކުވެފައި ކަމަށާއި އަދި ސިކުނޑިއަށްވެސް ކޮންމެވެސް ވަރަކަށް ލޭއެޅިފައިވާ ކަމަށް އާއިލާ އާއި ހަވާލާދީ ދިޔަރެސް ނޫހުން ރިޕޯޓްކޮށްފައިވެއެވެ.
“ޑޮކްޓަރު ބުނި ފުއްޕާމެއަށްވެސް ލޭ އެޅެމުންނޭ ދަނީ. ދެން ސައިޑުން ޓިއުބެއް ވައްދާފަ ލޭ ނަގަންޖެހޭ ކަމަށް ބުނި، މިއަދު އޮޕަރޭޝަން ކުރުމަށް ތައްޔާރުވަމުން އަންނަނީ،” ޑޮކްޓަރުންނާ ހަވާލާދީ ޒުވާނާގެ މަންމަ ބުނި ކަމަށް ދިޔަރެސް ނޫހުގައި ލިޔެފައިވެއެވެ.
ފުލުހުން ބުނީ އާދިއްތަ ދުވަހުގެ ރޭ މެންދަމު ހިނގި މި އެކްސިޑެންޓު ފުލުހުންނަށް ރިޕޯޓުކުރީ އެ ރޭ 2:30 ހާއިރު އެވެ. އަނިޔާވެފައިވަނީ ސައިކަލު ދުށްވަން އިން މީހާއަށް ކަމަށާއި އެއީ 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ. އެކަމަކު ލިބުނު އަނިޔާތަކުގެ ތަފްސީލު ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ