މިދިޔަ ރޯދަ މަހުގެ ކަރަންޓް ބިލަށް ދޭން ސަރުކާރުން ދޭން ނިންމި ޑިސްކައުންޓް ހަމައަކަށް އެޅުވުމުގެ މަސައްކަތް ފެނަކަ އިން ވެސް ފަށައިފި އެވެ.
ބިލް ކުޑަނުވާކަމުގެ ޝަކުވާތަކާ އެކީ ސްޓެލްކޯ އާއި ފެނަކަ އިން މިހާރު ވަނީ ފެނާއި ކަރަންޓް ބިލް ޑިސްކައުންޓާ ގުޅޭ ކަންކަން ކުރަމުންނެވެ.
އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ރޯދަ މަހުގެ ފެން ބިލާއި ކަރަންޓު ބިލަށް އެ ކުންފުނީގެ ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަނޑައެޅިފައިވާ އުސޫލުން ޑިސްކައުންޓު ފޯރުކޮށްދީފައި ވާނީ ރޯދަ މަހުގެ ތެރޭގައި 11 މާޗް އިން 11 އެޕްރީލްގެ ނިޔަލަށް ފޮނުވި ބިލްތަކަށް ކަމަށެވެ.
“އަދި ޑިސްކައުންޓު ހިމެނުމުގެ ކުރިން ބިލް ދައްކަވާފައިވާ ފަރާތްތަކަށް ޖެހިގެން އަންނަ މަހު ތައްޔާރު ކުރެވޭ ބިލުން ޑިސްކައުންޓަށްވާ އަދަދު އުނިކުރެވޭނެ،” އެ ކުންފުނިން ބުންޏެވެ.
އަދި ފެނަކައިން އަބަދުވެސް މަސައްކަތް ކުރަމުން ދަނީ ސަރުކާރުގެ ވިސްނުމާއި އެެއްގޮތަށް، ރައްޔިތުންނަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ވީހާވެސް ލުއި ގޮތްތައް ހޯދައި ދިނުމަށް ކަމަށްވެސް ބުނެފައި ވެއެވެ.
ސްޓެލްކޯ އާއި ފެނަކައިގެ އިތުރުން އެމްޑަބްލިއުއެސްސީން ވެސް ވަނީ މިދިޔަ މަހުގެ ބިލަށް ޑިސްކައުންޓް ދޭން ނިންމައިފި އެވެ.