- Advertisement -ad image

ފަރަށް އަރާފައިވާ “ރޯޝަނީ” ބޯޓު އަދިވެސް ފުން ނުކުރެވޭ

ad image

ގުޅުންހުރި ލިޔުންތައް


މުދާ ބަރުކޮށްގެން ދަތުރު ކުރަމުންދަނިކޮށް ރޭ ފަރަށް އެރި “ރޯޝަނީ” ބޯޓު އަދިވެސް ފުން ނުކުރެވޭ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެ އިދާރާއިން ބުނީ މުދާ ބަރުކޮށްގެން، 16 މީހުންނާއިއެކު މާލެއިން ގދ.ފަރެސްމާތޮޑާއަށް ދަތުރުކުރަމުންދިޔަ “ރޯޝަނީ” ބޯޓް ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުންނާއިއެކު އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށައިފަވާ ކަމަށެވެ.
އަދި ބޮޑު ދިޔައިގަ ކަފު ޖަހާނެ ބޯޓެއް އައުމާއެކު ފުން ކުރުމުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ބޯޓުން ދަތުރު ކުރި އެންމެންގެވެސް ހާލު ރަނގަޅެވެ.
ފާސް އިންޓަރސެޕްޓިވް ޑައިވަރުންނާއެކު ބޯޓު ފުންކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށްވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ