ހެނަވޭރު ގެއެއްގެ ފުރަތަމަ ފަންގިފިލާގައި ހުރި އޮފީހެއް ފަޅާލައި ހަތް ލައްކައަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހެންވޭރު ގެއެއްގެ ފުރަތަމަ ފަންގިފިލާ ފަޅާލައި ހަތްލައްކަ އަށްވުރެ ގިނަ ރުފިޔާ ވަގަށް ނެގި މައްސަލައެއް މިމަހުގެ 23 ވަނަ ދުވަހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. މައްސަލައިގެ ތުހުމަތުގައި މާލެއިން 43 އަހަރުގެ ދިވެހި ފިރިހެނެއް މިއަދު ހައްޔަރު ކޮށްފައިވާ ކަމަށް ވެސް ފުލުހުން ހާމަކުރިއެވެ.
އަދި އޭނާ ހައްޔަރުކޮށް އޭނާ ދިރިއުޅޭ ތަން ބަލާ ފާސްކޮށް ފަސްލައްކައަށްވުރެ ގިނަ ރުފިޔާ މިހާރު ފުލުހުން ވަނީ ހޯދާފައެވެ.
މިމައްސަލަ ސީރިއަސް އެންޑް އޮގަނައިޒް ކުރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ހާމަކުރިއެވެ.
