- Advertisement -ad image

ފޭސް ދެއެއްގައި ދެ ސައިކަލު އެކްސިޑެންޓްވުން: 56 އަހަރުގެ މީހާގެ ހާލު ސީރިއަސް

ad image

ގުޅުންހުރި ލިޔުންތައް


ހުޅުމާލެ ފޭސް ދެއެއްގެ ޖޭއެމްސީ ސައިޓް ކައިރިން ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގެ މައުލޫމާތު ލިބުނީ ރޭ މެންދަމު 1:20 އެހާކަންހާއިރު ކަމަށެވެ.

އަދި 19 އަހަރުގެ މީހަކަަށާއި 56 އަހަރުގެ މީހަކަށް އަނިވެފައިވާއިރު މީގެ ތެރެއިން 56 އަހަރުގެ މީހާގެ ހާލު ސީރިއަސް ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓްގައި އަނިޔާވި ދެމީހުންނަށް އެންމެ ފުރަތަމަ ފަރުވާދިނީ ހުޅުމާލޭ ހޮސްޕިޓަލުގައެވެ. ނަމަވެސް މިހާރު މި ދެމީހުންނަށް ވެސް ފަރުވާ ދެމުންދަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށް ފުލުހުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ