- Advertisement -ad image

ގުރުއާން ގިނަގިނައިން ކިޔަވާ، އެއީ ބަލިތަކަށް އޮތް ޝިފާއެއް: ޝައިހް އަޡްމަތު ޖަމީލު

ad image

ގުޅުންހުރި ލިޔުންތައް


ކީރިޔި ގުރުއާނަކީ ބަލިތަކަށްވާ ޝިފާއެއްކަމަށާއި މާތްﷲ ހަތް އުޑުމަތިން ބާވައިލެއްވި މަތިވެރި ފޮތެއްކަމަށް އައްޝައިޚް އަޡްމަތު ޖަމީލު ވިދާޅުވެއްޖެއެވެ.
” أَفَلَا يَتَدَبَّرُونَ الْقُرْآنَ ޤުރުއާނާއިމެދު އެއުރެން ވިސްނާ ފިކުރު ނުކުރަނީ ހެއްޔެވެ.” މި މައުޟޫޢަށް 7 ވަނަ އިޙްޔާ ފޯރަމްގައި ތަޤްރީރުކުރައްވަމުން ޝައިޚް އަޡްމަތު ޖަމީލު ވިދާޅުވީ، އެގޮތުން އެ ފޮތަކީ އަބަދުވެސް ކިޔަވައި، އާޔަތްތަކަށް ވިސްނައި ފިކުރުކުރުމަށް މާތްﷲ ތާޢާލާ އަންގަވާފައިވާ ފޮތެއްކަމަށެވެ.
ފޯރަމްގެ މައުޟޫޢަށް ބައްލަވަމުން ” ޤުރުއާނާއިމެދު އެއުރެން ވިސްނާ ފިކުރު ނުކުރަނީ ހެއްޔެވެ.” މިފަދައިން މާތް ﷲ ޤުރުއާންގައި އަންގަވާފައިވާއިރު މި އާޔަތްތަކުން ގޮވާލަނީ ކޮންކަމަށްތޯ ޝައިޚް ވަނީ ސުވާލުކުރައްވާފައެވެ. ތަފާތު އާޔަތްތަކާއި ތަފާތު ޢިބާރާތްތަކުން މާތް ﷲ ކީރިތި ޤުރުއާނުގައި މިފަދައިން ސުވާލު ތަކުރާރުކުރެއްވުން އެއީ އިންސާނާ ވިސްނަން ޖެހޭ ކަމެއްކަމަށް ވިދާޅުވިއެވެ. އަދި ކީރިތި ޤުރުއާނަކީ އެ ފޮތް އެއްކޮޅުން އަނެއްކޮޅަށް ކިޔާލުމަށްފަހު ދޫކޮށްލަންޖެހޭ ފޮތެއް ނޫންކަމަށް ވިދާޅުވިއެވެ.

ކީރިތި ޤުރުއާނާމެދު ވިސްނައި ފިކުރުކުރުމަކީ މާތް ﷲ އެކަމަށް ޘަވާބާއި ދަރުމަ ދެއްވާނެކަމެއްކަމަށާއި ވިސްނާ ފިކުރުކުރާ މީހަކަށް މާތްﷲ ވޮޑިގެންވާކަމުގެ ހެކިތައް ފެންނާނެކަމަށް ވިދާޅުވިއެވެ. ޝައިޚްވަނީ މާތް ﷲ އިންސާނާއަށް ވިސްނާ ފިކުރުކުރުމަށް އަންގަވާފައިވާ ބައެއް އާޔަތްތަކުގެ ތަފްސީލަށް، މި ޒަމާނުގެ ސައިންސްގެ އަލީގައި ހޯދިފައިވާ ކަންތައްތަކުން މިސާލު ދައްކަވައި ބައްލަވާލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ