- Advertisement -ad image

ފައިސާއާ ނުފޫޒަށް ގުރައިދޫ ދާއިރާގެ ރައްޔިތުން ގުނޑުވައެއް ނުލެވޭނެ: ރިޒާ

ad image

ގުޅުންހުރި ލިޔުންތައް

ކ.ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވުން އެކަށީގެންވާ ކަމަށާއި ނަމަވެސް އެ ނުފޫޒަށް ދާއިރާގެ ރައްޔިތުން ނުގުޑާނެ ކަމަށް ޕީޕީއެމްގެ ކެންޑިޑޭޓު އަލްއުސްތާޒު ހުސައިން ރިޒާ ވިދާޅުވެއްޖެއެވެ.

ޗެނަލް13 ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ރިޒާ ވިދާޅުވީ، އިންތިހާބާ ދިމާކޮށް ސަރުކާރާ އަދި ފައިސާވެރިން ބަހާ ފައިސާ ކޮޅަކީ ހިނދުކޮޅެއްގެ ކަމެއް ކަމަށާއި ނަމަވެސް މައުނަވީ ސިފަތަކަކީ އަބަދަށް ދެމިހުންނާނެ ކަމެއް ކަމަށެވެ.

އެގޮތުން އޭނާގެ ބޭބޭފުޅު، އިބްރާހިމް ރިޒާ ވެސް އިންތިހާބަށް ނުކުމެވަޑައިގެންނެވީ ހުސް އަތާ ކަން ފާހަގަކުރައްވައި ހުސައިން ވިދާޅުވީ އޭނާވެސް ނުކުންނަވަނީ ހުސް އަތާ ކަމަށެވެ. ބަހާނެ އެއްޗެއް ނެތަސް، ފާއިތުވި 14 އަހަރު އިބްރާހީމް ރިޒާ ދާއިރާގެ ރައްޔިތުންނާ ބެހެއްޓެވި ގާތްކަން އެގޮތުގައި ބަހައްޓަވާނެ ކަމަށް ހުސައިން ވިދާޅުވިއެވެ.

“އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަކީ މި ސަރުކާރުގެ އަތް މަތިކަމެއް. މިހާރު ވެސް ޕީޕީއެމްއިން މި ސަރުކާރުގެ އެ ފަދަ މައްސަލަތަކެއް އޭސީސީއަށް ހުށަހަޅާފައިވޭ. ނަމަވެސް އަޅުގަޑު ދަންނަވާލަން ބޭނުންވަނީ ގުރައިދޫ ދާއިރާގެ ރައްޔިތުންނަކީ ފައިސާއާ ނުފޫޒަށް ގުނޑާނެ ރައްޔިތުންތަކެއް ނޫނޭ، އެކަން ބޭބެގެ ދައުރުގައި އެ ރައްޔިތުން ވަނީ ދައްކާދީފައި” ހުސެއިން ރިޒާ ވިދާޅުވިއެވެ.

ހުސެއިން ރިޒާ މިހެން ވިދާޅުވެފައިވާއިރު ގުރައިދޫ ދާއިރާގެ ރައްޔިތުން ނުފޫޒަށް ނުގުޑާނެ ކަމުގެ ހެއްކެއްގެ ގޮތުގައި ޑީއާރުޕީ ޒަމާނުގައި އިބްރާހީމް ރިޒާ ގިނިކަންޏާ ނުކުންނަވައިގެން އިންތިހާބު ކާމިޔާބުކުރެއްވުން ފާހަގަކޮށްލެވެއެވެ. އަދި ފައިސާއަށްވެސް ނުގުޑާނެ ކަމުގެ ހެއްކަކީ ފާއިތުވި އަހަރުތަކުގައިވެސް ދާއިރާގެ ރައްޔިތުން ފައިސާއަށް ވޯޓުދީފައި ނުވާތީއެވެ.

ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ މި މަހުގެ 15 ވަނަ ދުވަހުއެވެ. ޕީޕީއެމްގެ ކެންޑިޑޭޓު ހުސެއިން ރިޒާގެ ކެންޑިޑޭޓު ނަމްބަރުއަކީ 1އެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ