- Advertisement -ad image

މަނަދޫ މަރު: ޝައްކުވާ ކަންކަން ހުރުމުން ރަށަށް އަރައި ފޭބުން މަނާ!

ad image

ގުޅުންހުރި ލިޔުންތައް


ހުކުރު ދުވަހު ހަވީރު ނ. މަނަދޫގެ ގެއެއްގެ ތެރޭގައި އަންހެނަކު މަރުވެފައި އޮއްވާ ފެނުނު މައްސަލައާ ގުޅިގެން އެރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.
ފުލުހުން ބުނީ އުމުރުން ދުވަސްވީ މި އަންހެންމީހާގެ މަރާ ގުޅިގެން ރަށަށް އަރައި ފައިބާ މީހުންގެ މައުލޫމާތު ފުލުހުންނާއި ހިއްސާ ކުރުމަށް އެދިފައިވާނެ ކަމަށެވެ.
ފުލުހުން ބުނީ މަނަދޫ ގެއެއްގައި އެކަނި ދިރިއުޅެމުންދާ 62 އަހަރުގެ އަންހެނަކުގެ ހަބަރެއް ނުވާތީވެ އޭނާގެ އާއިލާއިން، 7 އޭޕްރީލް ވީ ހުކުރު ދުވަހު 18:13 ހާއިރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުން އެގެއަށް ގޮސް، އެގޭ ކޮޓަރީގެ ދޮރު ވައްޓާލާ ވަދެ ބެލިއިރު އަންހެންމީހާ އޮތީ ބިންމަތީގައި ކަމަށާއި މަރުވެފައި ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން މަރުވެފައި އޮއްވާ ފެނުނު އަންހެން މީހާގެ ހަށިގަނޑުގެ އެތަން މިތަނަށް ވަޅިހަރާފައިވެއެވެ. ނަމަވެސް ފުލުހުން އަދި މިކަމަށް ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ