- Advertisement -ad image

އަމީނީ މަގުގެ މަސައްކަތްދާ ގޮތުގެ ސަބަބުން ރައްޔިތުން ދަނީ ވަރަށް ބޮޑު ތަކުލީފުތަކެއް އުފުލަމުން: މޭޔަރު

ad image

ގުޅުންހުރި ލިޔުންތައް

އަމީނީމަގުގެ މަސައްކަތް ދާގޮތުގެ ސަބަބުން ރައްޔިތުން ދަނީ ވަރަށް ބޮޑެތި ތަކްލީފުތަކެއް އުފުލަމުން ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އަމީނީމަގުގެ މަސައްކަތް މިއަހަރުގެ ފެބުރުއަރީމަހުގެ ނިޔަލަށް ނިންމަށް މުހުލަތުދީފައި އޮތްނަމަވެސް އަދިވެސް އެމަގުގެ ތާރު އެޅުނީވެސް އެންމެ ސެގުމަންޓެއްގައެވެ. މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން ޑރ މުއިއްޒު ވިދާޅުވީ އަމީނީ މަގުގެ މަސައްކަތްދާ ގޮތުގެ ސަބަބުން ރައްޔިތުނަށް ނަފްސާނީ،އިޖްތިމާޢީ އެތައް ގެއްލުމެއްވަމުންދާ ކަމަށެވެ. އަދި ރައްޔިތުން ދަނީ ކައުންސިލާއި މިކަންކަން ޙިއްސާ ކުރަމުން ކަމަށާއު އެދެނީ ސަރުކާރުން ކައުންސިލްގެ އަޑު އެހުމަށް ކަމަށް މޭޔަރު ވިދާޅުވިއެވެ.

އަމީނީ މަގުގެ މައްސަލަތައް ހައްލު ކުރަން ޕްލޭނިން މިނިސްޓްރީއިން އާރްޑީސީއާ ހަވާލު ކުރީ 84 މިލިއަން ރުފިޔާ އަށެވެ. މިނިސްޓްރީއިން ޖުލައި 3 ވަނަ ދުވަހު އާރްޑީސީއާ ހަވާލުކޮށްފައި ވަނީ ހަތް މަހުގެ ތެރޭޭގައި މަސައްކަތް ނިންމާ ގޮތަށެވެ.
ނަމަވެސް މިހާރު މިނިސްޓްރީން ބުނެފައިވަނީ އަމީނީމަގު ނިމޭނެ ކަމަށް ލަފާކުރެވެނީ މިއަހަރުގެ ސެޕްޓެމްބަރު މަހު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ