- Advertisement -ad image

މާލެސިޓީ ކައުންސިލް”ސްޓާފްނައިޓް”ގައި ގުރުއަތުން ޢުމްރާ ދަތުރު ލިބުނު މުވައްޒަފުން ޢުމްރާއަށް ފުރައިފި

ad image

ގުޅުންހުރި ލިޔުންތައް


މާލެ ސިޓީކައުންސިލްގެ ދިގު ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް މުވައްޒަފުންގެ އަގު ވަޒަންކުރުމަށް ބޭއްވި “ސްޓާފް ނައިޓް”ގައި ކުރިއަށް ގެންދިޔަ ގުރުއަތުން ޢުމްރާދަތުރުގެ ނަޞީބުވެރި ފަރާތްތަކަށް ހޮވުނު ކައުންސިލްގެ 5 މުވައްޒަފުން ޢުމްރާއަށް ފުރައިފިއެވެ.

މިގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ މާލެސިޓީ ކައުންސިލަށް 10 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާ، ޙައްޖު އަދި ޢުމްރާގެ އަޅުކަންމިހާތަނަށް އަދާކުރެވިފައިނުވާ ފަރާތްތަކުގެ މެދުގައެވެ.
“ސްޓާފް ނައިޓް”ގައި ގުރުއަތުން ޢުމްރާ ދަތުރު ލިބުނު މުވައްޒަފުން ޢުމްރާއަށް ފުރުން.

އަގުހުރި އިނާމްތަކަކާއިއެކު މާލެސިޓީ ކައުންސިލްގެ ފުރަތަމަ ”ސްޓާފް ނައިޓް“ ބާއްވާފައިވަނީ 2022 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހުގެ ރޭ ހެންވޭރު ދަނޑުގައެވެ. ސްޓާފް ނައިޓްގައި މުވައްޒަފުންގެ އަގުވަޒަން ކުރުމަށްއަގުހުރި އިނާމްތަކެއް ވަނީ ދީފައެވެ.

ޢުމްރާ ދަތުރު 5 މުވައްޒަފަކަށް ލިބިފައިވާއިރު މި ދަތުރު ތަކަކީ ، ހެޔޮއެދޭ ފަރާތްތަކުން ސްޕޮންސަރކޮށްދީފައިވާ ދަތުރުތަކެކެވެ.

މި ޙަފްލާގައި ޢުމްރާ ދަތުރުގެ ނަޞީބުވެރި ފަރާތްތަކަށް ހޮވިފައިވަނީ އެސިސްޓަންޓް ކައުންސިލް އޮފިސަރ އައިމިނަތު ތަހުމީނާ، ސީނިއަރ ކައުންސިލްއޮފިސަރ ސުލްތާނާ ހަމީދު، ކައުންސިލް އޮފިސަރ މަރްޔަމް ޒާހިދާ، އަދި އެސިސްޓަންޓް ކައުންސިލް އޮފިސަރ އައިމިނަތު ރަޒާނާ، ގެ އިތުރުންކައުންސިލް އެސިސްޓަންޓް ރަމްލާ އިބްރާހިމް އެވެ.

ކައުންސިލްގެ ސްޓާފް ނައިޓަށް މި ޢުމްރާ ދަތުރުތައް ސްޕޮންސަރ ކޮށްދެއްވާފައިވަނީ ޤިބްލަ ޙައްޖު އެންޑް ޢުމްރާ، ޒަމްޒަމް ޙައްޖު އެންޑް ޢުމްރާ، ލިޓަސް މޯލްޑިވްސް އަދި އޮންދިގޯގެ ފަރާތުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ކޮން ފަންޑަކުންތޯ ޚަރަދު ކުރީ. އޮފީސްތަކުން ދޭންޖެހޭ ޙިދްމަތް ނުދެވިގެން އުޅެނީ ބަޖެޓް ނެތިގެން.

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ