އަމީނީމަގު ހެދުމަށް ކަމަށް ބުނެ އެމަގުގައި ހުރި ގަސްތައް ކަނޑަމުންދާތީ މާލެ ސިޓީގެ މޭޔަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މޭޔަރު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން ގަސް އިންދުމާއި މާލެ ފެހި ކުރުމުގެ މަސައްކަތް ކުރަމުންދާއިރު ސަރުކާރުގެ ކިބައިން ފެންނަނީ ގަސްތައް ކަނޑާ ހުސްކުރަމުންދާތަން ކަމަށެވެ.
އަދި އަމީނީ މަގު ގެ ގަސްތައް އެއްކޮށް ނަގަމުންދަނީ މާލެ ސިޓީ ކައުންސިލް އިން އެކަމާ ދެކޮޅު ހަދަމުން ދަނިކޮށް ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.