- Advertisement -ad image

ހިތަދޫ ކުނިގޮނޑުގައި ރޯވި ސަރަހައްދުން ދުން އަރާތީ ދުން ކޮންޓްރޯލް ކުރުމަށް ހާއްސަ އޮޕަރޭަޝަނެއް

ad image

ގުޅުންހުރި ލިޔުންތައް

އައްޑޫ ސިޓީ ހިތަދޫ ކުނިގޮނޑުގައި ރޯވި އަލިފާން ކޮންޓްރޯލްކޮށްފައިވީނަމަވެސް އަދިވެސް އެސަރަހައްދުން ދުމުގެ އަސަރު ވަރަށްބޮޑަށް ކުރަމުންދާތީ، ދުން އެރުން ކޮންޓްރޯލް ކުރުމަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި އައްޑޫ ސިޓީގެ މުއައްސަސާތައް ގުޅިގެން ޙާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މި އޮޕަރޭޝަންގައި، އަލިފާން ރޯވި ސަރަހައްދުގައި ހުރި ކުނިތަކުގެ އަޑީގައި އަލިފާނުގެ އަސަރު ހުރުމުން އެކްސްކަވޭޓަރެއް ބޭނުންކޮށްގެން އެސަރަހައްދު ކޮނެ ކުނިތައް އެއްފަރާތްްކޮށް، ފެން ޖަހައިގެން އަލިފާން ނިއްވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މި މަސައްކަތުގައި އައްޑޫ ސިޓީ ކައުންސިލް، މޯލްޑިވްސް ޕޮލިސް ސަރވިސް، ގަން އިންޓަނޭޝަނަލް އެއަރޕޯޓް، އެމްޓީސީސީ، ޕޮލިސް އެކެޑަމީ، ވަން އޫޑްގެ ހަރަކާތްތެރިވަމުންދެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ