- Advertisement -ad image

ގުރައިދޫ ދާއިރާ ބައި އިލެކްޝަން: ތޭރަ ސަތޭކައަށްވުރެ ގިނަ މީހުން ވޯޓުލައިފި

ad image

ގުޅުންހުރި ލިޔުންތައް


މިއަދު ކުރިއަށްދާ މާލެ އަތޮޅު ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި މިހާތަނަށް 1300 އަށްވުރެ ގިނަ މީހުން ވޯޓުލައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ހެނދުނު 8 ޖެހިއިރު ވޯޓުލާން ފަށައިގެން މިއަދުގެ 13:30 ހާއި ހަމައަށް 1383 މީހުން ވޯޓުލާފައިވާ ކަމަށެވެ.
މިއީ މިދާއިރާއަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ 68 އިންސައްތަ މީހުންގެ ނިސްބަތެވެ. އެގޮތުން މިހާތަނަށް ވަނީ 689 ފިރިހެނުންނާއި 694 އަންހެނުން ވޯޓުލާފައެވެ.
މި ދާއިރާގައި ތިބީ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ 3423 މީހުންނެވެ.
ވޯޓުލުން ބަންދުކުރާނީ ހަވީރު 4 ޖަހާއިރު ކަމަށް އިލެކްޝަނުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ