- Advertisement -ad image

ޒަކާތުގެ ގޮތުގައި މިއަހަރު 6 މިލިއަން ރުފިޔާ ލިބިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ފިތުރު ޒަކާތުގެ ގޮތުގައި މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ 25 ދުވަހު 6 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.
އެގޮތުން އެ މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ ހަތަރު އަހަރަށްވުރެ މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ވަނީ އިތުރުވެފައެވެ.
މިއަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ ހަ މިލިއަން އެއްލައްކަ އަށްހާސް ފައްސަތޭކަ ފަސްދޮޅަސް ރުފިޔާއެވެ.
އަދި ނިމުނު އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބިފައިވަނީ ފަސް މިލިއަން ނުވަ ލައްކަ ސާޅީސް ތިންހާސް އެއް ސަތޭކަ ނުވަދިހަ ހަ ރުފިޔާއެވެ.
ކޮންމެ އަހަރަކުވެސް ފިތުރު ޒަކާތް ބަލައިގަންނަން ފަށާނީ ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށެވެ.
ޒަކާތް އޮންލައިންކޮށްވެސް ދެއްކޭއިރު މިނިސްޓްރީގެ ވެބްސައިޓުންނާއި، ދިރާގުގެ ދިރާގުޕޭ، އެސްއެމްއެސް، އުރީދޫގެ އެމްފައިސާ، އެސްއެމްއެސް، މޯލްޑިވްސް އިސްލާމިކް ބޭންކްގެ ފައިސާ މޮބައިލް، ބޭންކް އޮފް މޯލްޑިވްސް ޕޯޓަލް، ފަހި ޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ 28ވަނަ ދުވަސް (20 އެޕްރީލް ) އާއިހަމައަށް ފިޠުރު ޒަކާތްދެއްކޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ