- Advertisement -ad image

މާފަރު އެއަރޕޯޓް ކަނުއަދިރީނގާ އޮންނަތާ 5 ގަޑިއިރު!

ad image

ގުޅުންހުރި ލިޔުންތައް


ނ އަތޮޅުގައި ހަދާފައި އޮންނަ މާފަރު އެއަރޕޯޓާއި އެއަރޕޯޓުގެ މުވައްޒަފުން ތިބުމަށް ހަދާފައިވާ ސްޓާފް ބްލޮކް ކަނު އަދިރީގައި އޮންނަތާ ފަސް ގަޑިއިރުވެއްޖެއެވެ.
ހިރާސްއަށް މައުލާތު ދިން އެތަނުގައި މިވަގުތު ހުރި މީހަކު ބުނީ މިރޭ 20:15 އިން ފެށިގެން މާފަރު އެއަރޕޯޓުގައި ކަރަންޓް ނެތް ކަމަށެވެ.
“ ކަރަންޓް ދިޔައީ ކީއްވެހޭ އެހީމަ ބުނަނީ އިންޖީނު މައްސަލައެއް ޖެހިގެނޭ. އަދިވެސް އެކަމު އެ މައްސަލަ ހައްލުނުވޭ މިހާރު ފަސް ގަޑިއިރު މިވީ “ އެމީހާ ބުންޏެވެ.
މި ރޯދަމަހު މީގެ ކުރިންވެސް އެއްފަހަރު މިގޮތަށް ކަރަންޓް މައްސަލަ ޖެހުނު ކަމަށާއި ވަނީ ކީއްކަން ނޭންގޭ ކަމަށް އެމީހާ ބުންޏެވެ.
“ އޭސީތަކުގެ މައްސަލަޖެހި ތަން ހޫނު ކަމުން ފަސިންޖަރުން ވަރަށް ޝަކުވާކުރޭ. އޭސީތައް ހަލާކުވެފައި ހުންނަތާ މިވީ 3 މަސް މިހާރު. މިކަންވެސް ހައްލެއްނުވި “ އެމީހާ ބުންޏެވެ.

މާފަރު އެއަރޕޯޓަކީ 24 ގަޑިއިރު އޮޕަރޭޓް ކުރާ ގިނައިން ޕްރައިވެޓް ޖެޓް ޖައްސާ އެއަރޕޯޓެކެވެ.

މާފަރު އެއަރޕޯޓް އޮޕަރޭޓު ކުރަމުން އަންނަނީ މޯލްޑިވިއަނުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ