- Advertisement -ad image

ޕާރލޭ މޯލްޑިވްސް އިން އެއްކުރި ޕުލާސްޓިކްތައް އަދިވެސް ރަށުތެރޭގައި ހުރުމުން މުލީ ކައުންސިލުން ކަންބޮޑުވުންފާޅުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ޕާރލޭ މޯލްޑިވްސް ކިޔާ ޖަމިއްޔާއަކުން ނޮވެމްބަރު މަހު މީމު އަތޮޅު މުއްޔަށް ގެންގޮސްފައިވާ ގިނަ އަދަދެއްގެ ޕުލާސްޓިކް އަޅާފައިވާ ޖަމްބޯ ބޭގުތައް ނުގެންދާތީ މުލީ ކައުންސިުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މުލީ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވީ، މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ޕާލޭ މޯލްޑިވްސް ކިޔާ ބަޔަކު އެރަށަށް ދިޔައީ ޖެހިގެން އޮތް ފަޅު ރަށުގައި ޕުލާސްޓިކް މާގިނައިން ހުރި ކަމަށް ޕޮޓޯތަކަކުން ފެނިގެން އެ ހޮވަން ކަމަށެވެ.
“ އަޅުގަނޑުމެންވެސް ދެން އެއްބާރުލުން ދޭނެތާ ދޯ. މިފަދަ ކަމެއްވީމަ. ދެން ވަރަށް ގިނަ ސްކޫލް ކުދިންނާ ރައްޔިތުންނާ ދެން މި ހޮވަން އައި ގުރޫޕުން ވެގެން ގޮސް އެ ރަށުން ހޮވައިފިން ގާތްގަނޑަކަށް 20 ނޫނީ 30 ހަކަށް ޖަމްބޯ ބޭގުގެ ޕްލާސްޓިކް. ދެން އެ ގެނެސް މި ބެހެއްޓީ ބަނދަރު ސަރަހައްދުގައި އެންމެ ފުރަތަމަ “ ކައުންސިލްގެ ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު އިތުރަށް ވިދާޅުވީ ބަނދަރު ސަރަހައްދުގައި ހުރުމުން ގިނަ ބަޔަކަށް އުދަނގޫވާތީ މިހާރު އެ ތަކެތި ހުރީ ބޯޅަގެއަށް ބަދަލު ކުރެވިފައި ކަމަށެވެ.
“ އަސްލު އެންމެ ބޮޑު ކަންބޮޑުވުމަކީ ފަޅުރަށެއްގައި ހުރި އެއްޗެއް ގެނެސް މީހުން ދިރިއުޅޭ ރަށަކަށްލީމަ. ދެން ޕާލޭ މޯލްޑިވްސް އަށް ގުޅާލާއިރަށް މިބުނަނީ ގެންދާނެ ގޮތެއް ހަމަނުޖެހިގެނޭ. އެކަމަކު އަޅުގަނޑުމެން ކައުންސިލަކަށް އެ ނައްތާ ލެވޭނެ ގޮތެއް ނެތް “ ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ ވަރަށް އަވަހަށް ރާޅާއެޅުމުގެ މުބާރާތެއްވެސް ރަށުގެ އެ ސަރަހައްދުގައި ފެށޭނެތީ ވީހާވެސް އަވަހަކަށް ރަށުން އެތަކެތި ބާލާ ދިނުމަށް އެދޭ ކަމަށެވެ. އަދި ޒިންމާ ނުނެގޭނަމަ ރައްޔިތުންނަށް ދަތިވާ މިފަދަ ކަންކަން އެއްވެސް ފަރާތަކުން ނުކުރުމަށް މުލީ ކައުންސިލުން އިލްތިމާސް ކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ