- Advertisement -ad image

އޮންލައިންކޮށް ފިތުރު ޒަކާތް ބަލައިގަންނާނީ މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް

ad image

ގުޅުންހުރި ލިޔުންތައް


1444 ވަނަ އަހަރުގެ ރަމަޟާންމަހުގެ ފިޠުރު ޒަކާތް އޮންލައިންކޮށް ބަލައިގަންނާނީ މިއަދު އިރުއޮއްސި 6 ޖެހުމާއަށެވެ. އޮންލައިންކޮށް ފިޠުރުޒަކާތް ބަލައިގަންނާނީ ހަމައެކަނި ބަނޑޭރިޕޭއިންނެވެ.

ރަމަޟާންމަސް ފެށުމާއިއެކު ފިޠުރު ޒަކާތް ބަލައިގަންނަން ފަށާފައިވާއިރު އޮންލައިން އެކި ޕްލެޓްފޯމްތަކުން ދިޔައީ ޒަކާތް ބަލައިގަންނަމުންނެވެ. ނަމަވެސް ބަނޑޭރިޕޭ ފިޔަވައި އޮންލައިންކޮށް ޒަކާތްދެއްކުން 27 ރަމަޟާން 1444 ގައިވަނީ މެދުކަނޑާލާފައެވެ.

ބަނޑޭރިޕޭ: https://bandeyripay.finance.gov.mv/

ބަނޑޭރިޕޭ މެދުވެރިކޮށް ރަމަޟާންމަހުގެ ފަހު ދުވަހުގެ 18:00 އަށް ފިޠުރު ޒަކާތް ބަލައިގަންނާނެއެވެ.

ފައިސާއިން ފިޠުރު ޒަކާތް ބަލައިގަތުން ކުރިއަށްދާނީ ރަމަޟާންމަހުގެ ފަހު ދުވަހުގެ 17:30 އާ ހަމައަށް އިސްލާމިކް މިނިސްޓްރީގެ ހޯލުންނެވެ.

އަދި ގޮވާމުން ފިޠުރު ޒަކާތް ދެއްކުން ކުރިއަށްދާނީ މިރޭ 22:30އާ ހަމައަށް މަޖީދިއްޔާ ސްކޫލްގެ ޞަލާޙުއްދީން ހޯލުގައެވެ.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ