- Advertisement -ad image

ފިތުރުޒަކާތުގެ ގޮތުގައި ލިބުނު 9 މިލިޔަން ރުފިޔާ ފަގީރުންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކަށް ޖަމާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


މި އަހަރުގެ ރަމަޟާން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް ލިބުނު ޖުމްލަ ނުވަ މިލިޔަން ތިންހާސް ތިންސަތޭކަ ސައުވީސް ރުފިޔާ ފަސްލާރި ފަގީރުންގެ ދަފްތަރުގައިވާ ފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފި އެވެ.
މި މުއްދަތުގައި ޒަކާތް ދައްކާފައިވަނީ އެއްލައްކަ ހަތްދިހަ ފަސްހާސް ހަތަރުސަތޭކަ އައްޑިހަ ފަހެއް މީހުންނެވެ.
ފަޤީރުންގެ ލިސްޓްގައި ހިމެނިފައިވާ އަށްހާސް ހަތަރުސަތޭކަ ސާޅީސް ހަ މީހުންގެ ތެރެއިން، މާލެ ސިޓީން އެއްހާސް ހަތްސަތޭކަ ތިރީސް ހަ މީހުންނަށް، ބޮލަކަށް ތިންހާސް ހަތަރުސަތޭކަ ފަންސާސް ރުފިޔާގެ ރޭޓުން ވަނީ 20 އެޕްރިލް 2023ގައި އެފަރާތްތަކުގެ އެކައުންޓްތަކަށް ޖަމާކޮށްފައެވެ.

މި ރަމަޟާންމަހުވެސް ފިޠުރު ޒަކާތް ގޮވާމުން ބަލައިގެންފައިވާއިރު20 އެޕްރިލް 2023 (29 ރަމަޟާން 1444) ގެ ނިޔަލަށް ފިޠުރުޒަކާތުގެ ގޮތުގައި ގޮވާމުން ލިބިފައިވަނީ ޖުމްލަ ބާރަހާސް ނުވަސަތޭކަ އައްޑިހަ ނުވައެއް ޕޮއިންޓް ތިން ކިލޯއެވެ.

ފިޠުރުޒަކާތުގެ ގޮތުގައި ލިބުނު ގޮވާންވެސް 20 އެޕްރިލް 2023ގެ ނިޔަލަށް ވަނީ ބަހާ ނިންމާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ