- Advertisement -ad image

މަސް މާރުކޭޓު އަދި ލޯކަލް މާރުކޭޓް ސަރަހައްދުގައި ޒަމާނީ މާރުކޭޓެއް އަޅަން ތައްޔާރުވަނީ!

ad image

ގުޅުންހުރި ލިޔުންތައް


މާލޭ މަސްމާރުކޭޓު އަދި ލޯކަލް މާރުކޭޓު ހުންނަ ސަރަހައްދުގައި ޒަމާނީ މާރުކޭޓެއް އެޅުމަށް ވާންޖެހޭ ތައްޔާރީތައް މާލެ ސިޓީ ކައުންސިލުންވާން ފަށައިފިއެވެ.
ހިރާސް އަށް ދެއްވި އިންޓަރވިއުއެއްގައި މާލެ ސިޓީގެ މޭޔަރު ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، މިއީ މާރުކޭޓު ސަރަހައްދަށްވެސް ބޮޑު ލުޔެއް ލިބޭނެ ކަމެއް ކަމަށާއި މި ޕްރޮޖެކްޓް ނިމިގެންދާއިރު ދަތުރުވެރިންގެ މާރުކޭޓު، ލޯކަލް މާރުކޭޓު އަދި މަސްމާރުކޭޓު މި ތިން ތަން އެއް އިމާރާތަކަށް އަންނާނެ ކަމަށެވެ. މި އައު މާރުކޭޓު އަޅާނީ މިހާރު ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި ކަމަށާއި އެތަނަށް ދާ އެންމެންގެ ޕާކިން މައްސަލަވެސް އެތަނުން ހައްލުވާނެ ކަމަށް މޭޔަރު ވިދާޅުވިއެވެ.
” މި އައު މާރުކޭޓުގެ އެތެރޭގައި އަޅުގަނޑުމެން ޕާރކިން ފްލޯއެއްވެސް ހަދާނެ. އެހެންވީމާ މުޅި ސަރަހައްދަށް ވަރަށް ބޮޑު ލުޔެއް އަންނާނެ ކަމެއް މިއީ އިނގޭތޯ ” މޭޔަރު ވިދާޅުވިއެވެ.
މާލެ ސިޓީގެ މޭޔަރު އިތުރަށް ވިދާޅުވީ މާލޭގެ ތަރައްގީއަށް ވަރަށް ގިނަ ޕްލޭންތައް ދަނީ ހެދެމުން ކަމަށާއި މިގޮތުން މަގުފަރަވެރިންގެ ޔުނިޓެއް ހަދާ އެ ޔުނިޓުގެ ދަށުން މާލެތެރެ ބެލެހެއްޓުމުގެ މަސައްކަތްތައް ފެށުމަށްވެސް ސިޓީ ކައުންސިލުން ދަނީ ތައްޔާރުވަމުން ކަމަށެވެ.


އަދި ފުރަތަމަ މަގުފާރަވެރިން ބަލަހައްޓަން ފަށާނީ މާލެ އަދި ވިލިމާލެ ކަމަށާއި ފުރަތަމަ މި ދެ ރަށުގައި ހުރި ކަންކަން ބަލައި ދެނެގަތުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
” މިހާރު މިވަނީ މަގުފާރަވެރިންގެ ވަޒީފާއަށް މީހުން ނަގާފައި، ދެން މިމީހުންގެ ޔުނީފޯމުގެ މަސައްކަތާއި ޓްރެއިނިންގެ މަސައްކަތްތައް މިމަސްތެރޭ ކުރިއަށް ގެންގޮސް ނިންމާލެވޭނެ. ދެން އީދު ނިމި މެއި މަސް ފެށޭއިރު މާލެ އަދި ވިލިމާލޭގެ މަގުތަކުގައި މަގުފާރަވެރިން ތިބެން ފަށާނެ ” މޭޔަރު ވިދާޅުވިއެވެ.

މަގުފާރަވެރިން މަގުތަކަށް ނެރުމުގެ ބޭނުމަކީ ބަޔަކަށް އަދަބު ދިނުން ނޫން ކަމަށާއި ނަމަވެސް މަގުތަކުގައި ހިންގާ ކުށްތައް މަދުކޮށް މާލެ ތެރެ އަމާންތަނަކަށް ހަދައި ދިނުން ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ. ފަށާއިރު މިއީވެސް ގޮންޖެހުމަކަށް ވާނެ ކަމަށާއި ނަމަވެސް އެކަން އާދަވުމުން ހެޔޮ ބަދަލުތަކެއް މާލެ އަދި ވިލިމާލެއިން ފެންނާނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ