- Advertisement -ad image

ބޮޑުތަކުރުފާނުމަގުގެ މަސައްކަތް 10 ވަރަކަށް ދުވަސްތެރޭގައި ނިންމޭނެކަމަށް ލަފާކުރެވޭ: މޭޔަރ މުއިއްޒު

ad image

ގުޅުންހުރި ލިޔުންތައް


ބޮޑުތަކުރުފާނުމަގު މަރާމާތުކުރުމުގެ މަސައްކަތް 10 ވަރަކަށް ދުވަސް ތެރޭގައި ނިންމޭނެކަމަށް ލަފާކުރެވޭ ކަމަށް މާލެސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ބޮޑުތަކުރުފާނު މަގުގެ މަރާމާތުގެ މަސައްކަތަށް ބޭނުންވާ ތަކެތި ގެނެސް، އަމަލީ މަސައްކަތް ފަށާފައިވަނީ 21 އޭޕްރީލް ވީ ހުކުރުދުވަހު ދުވަހުއެވެ.
މި މަސައްކަތާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި މޭޔަރ ޑރ. މުޢިއްޒު ވިދާޅުވީ ބޮޑުތަކުރުފާނު މަގާއި، ޢިއްޒުއްދީން މަގުގެ ތާރު އެޅިބައި މަރާމާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާކަމަށެވެ. އަދި މި މަސައްކަތް 10 ވަރަކަށް ދުވަސް ތެރޭގައި ނިންމޭނެކަމަށް ލަފާކުރެވޭ ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު އިތުރަށް ވިދާޅުވީ، އެ މަގުގެ އެކި ހިސާބުތަކަށް ބެލުން ބޮޑެތި މަރާމާތުތައް ކުރަން ހުރިކަން ފެންނަން ހުންނާނެ ކަމަށެވެ. އަދި މިގޮތަށް މަގުގެ އެކި ހިސާބުތައް ބޮޑަށް ހަލާކުވެފައިވަނީ ގިނަ އަހަރުތަކެއް ވަންދެން އަޅާނުލާ ދޫކޮށްލާފައި ހުރުމުން ކަމަށް މޭޔަރު ވިދާޅުވިއެވެ.

މަގުގެ ތިރީސް ތަނެއް ހެދުމަށް ހަވާލުކޮށްފައިވަނީ 1.4 މިލިއަން ރުފިޔާއަށެވެ.


ބޮޑުތަކުރުފާނު މަގުގެ މަރާމާތުގެ މަސައްކަތް ކުރަމުންދަނީ މާލެ އާއި ހުޅުމާލެއާއި ގުޅުވައިދޭ ހައިވޭ ހެދި ކުންފުނި ކަމަށްވާ ޗައިނާގެ ހުނާން އިންޖިނިއަރިންގ ކޯޕަރޭޝަން ލިމިޓެޑުންނެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

  1. ޥިލާ ކޮލެޖްގެ އިމާރާތެއް އެލުމައް ކުރަމުން ދިޔަމަސަކަތުގައި މަގު ހަލާކު ވީމަ ޖޫރިމަނާއެއް ނޯވޭބާ، ރައްއިތުންގެ ފައިސާއިން ކޮށްފަހުންނަ މަސައްކަތް ހަލާކުވި ބައެއްގެ އަތުން މަރާމާތު ކުރުމުގެ އަގުނެގުން މުހިމު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ