- Advertisement -ad image

އަގުހެޔޮކޮށް ހައްޖަން ގެންދަން ކޯޓާ ލިބުނު ފަރާތައް މޭޒު ދަށުން އެއްލައްކަ ފަންސާސްހާސް ރުފިޔާ ނަގަމުންދާ ކަމުގެ ތުހުމަތުތަކެއް!

ad image

ގުޅުންހުރި ލިޔުންތައް

މިއަހަރު ހައްޖަށް މީހުން ގެންދަން ކޯޓާ ދީފައިވާ ފަރާތްތަކުން ބޮޑު އަގު ނަގަމުންދާ ކަމުގެ ތުހުމަތުތަކެއް ކުރަން ފަށައިފިއެވެ.

އެގޮތުން ޝެއިހު އަލީ ޒައިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ވަކި އަދަދަކަށް ހައްޖަަށް ގެންގޮސްދޭނެ ކަމަށް ބުނެ ބިޑް ކާމިޔާބު ކުރުމަށްފަހު މޭޒު ދަށުން ބައެއް ހައްޖު ގުރޫޕުތަކުން އެއްލައްކަ ފަންސާސްހާސް ރުފިޔާ ނަގަމުންދާ ވާހަކަ އަޑުއަހާފައިވާ ކަމަށެވެ.
“ މިފައިސާ ހަލާލެއް ނުވާނެ. ބިޑް ކާމިޔާބު ކުރާކަަށް މަޖުބޫރުކަމެއް ނެތް. އަގުހެޔޮކޮށް ނުވަންޏާ ކުރިމަތިނުލާނީ. ދޮގު ހަދާކަށް ނުޖެހޭ “ ޒައިދު ވިދާޅުވިއެވެ.

މި ކަމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޑރ މުހައްމަދު އިޔާޒު ވިދާޅުވީ، ހައްޖަށް މީހުން ގެންދިއުމަށް ގުރޫޕުތަކުން ބޮޑު އަގު ނަގާ މައްސަލާގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުގެ އިހުމާލު ވަރަށް ބޮޑު ކަމަށެވެ. އެގޮތުން ޕްރޮޕޯސަލްގައި ޖަހާފައިހުރި ޚިދުމަތްތައް އެއަގަށް ނުދެވޭނެކަން ޔަޤީންވާޙާލު، އެފަދަ ކުންފުނިތަކަށް ހުއްދަދިނުން އެއީ މައްސަލައެއް ކަމަށާއި “ޕްރޮޕޯސަލް ކާމިޔާބު ކުރުމަށް ކުޑައަގެއް ޖަހާށޭ” މިނިސްޓްރީން ބުނާހެން ހީވާކަމަށް އިޔާޒު ވިދާޅުވިއެވެ.

މިއަހަރު ހައްޖަށްމީހުން ގެންދިއުމަށް ހުއްދަދީފައިވަނީ ތިން ކުންފުންޏަކަށެވެ.
އެއީ އަލްހަރަމައިން ހައްޖު އެންޑް އުމުރާ ކޮމްޕެނީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ސިސިލްފަރު ހައްޖު އެންޑް އުމުރާ ޕްރައިވެޓް ލިމިޓެޑް
އަދި އަލްމަނާސިކް ޕްރައިވެޓް ލިމިޓެޑް އަށެވެ.

މިއިން ކޮންމެ ކުންފުންޏަކަށްވެސް ހައްޖަަށް މީހުން ގެންދިއުމަށް ލިބިފައިވަނީ 90 ޖާގައެވެ. އަދި ހައްޖަށް މީހުން ގެންދިއުމަށްދީފައިވާ ރޭޓަކީ ހަތްދިހަފަސްހާސް ރުފިޔާއިން ފެށިގެން ހަތްދިހަފަސްހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާއާއި ހަމައަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ ހުއްދަ ދީފައިވާ އަގަށްވުރެ އިތުރަށް ކުންފުނިތަކުން ފައިސާ ނެގުމާއި، ކުންފުނިތަކަށް ފައިސާ ދެއްކުމާއި، ހުއްދަ ދީފައިވާ ކޯޓާއަށްވުރެ އިތުރަށް މީހުން ޙައްޖަށް ގެންދިޔުމަށް އެއްވެސް ފަރާތަކުން ފައިސާ ނެގުމަކީ ދިވެހިރާއްޖެއިން ޙައްޖަށް މީހުން ގެންދިއުމާބެހޭ އުސޫލުގެ ދަށުން މަނާކަމެއް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ